Advertisement
ކ. މާލެ
|
29 އޭޕްރިލް 2017 | ހޮނިހިރު 21:53
ޔާމީން މަރާލިތާ މިއަދަށް ވަނީ 6 ދުވަސްވެފައި
ޔާމީން މަރާލިތާ މިއަދަށް ވަނީ 6 ދުވަސްވެފައި
އަޝްވާ ފަހީމް
ޔާމީންގެ މަރުގެ ތަހުގީގު
ޔާމީންގެ މަރުގެ ތަހުގީގު ވަރަށް ބާރަށް ކުރިއަށް އެބަދޭ: ފުލުހުން
މައްސަލައިގެ ތަހުގީގަށް ކުރިއެރުންތައް ލިބެމުންދަނީ
ވަރަށް އަވަހަށް މީޑިއާއަށްމައުލޫމާތު ހިއްސާ ކުރާނަން
މީހަކު ހައްޔަރުކުރިތޯ ދެންނެވުމުން ޖަވާބެއް ނުދެއްވި

އަނިިޔާވެރިގޮތަށް މަރާލެވިފައިވާ މަޝްހޫރު ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ ތަހުގީގު ވަރަށް ބާރަށް ކުރިއަށްދާކަމަށް ފުލުހުން ބުނެފިއެވެ.

 

ޔާމީން މަރާލިތާ 6 ދުވަސް ފާއިތުވެގޮސް އަދި ސީސީޓީވީ ފްޓޭޖްގެ އެހީގައި ޔާމީން މަރާލިކަމަށް ބެލެވެ މީހުން ދެނެގަނެވިފައިވާކަމަށް ފުލުހުން ކުރިން ހާމަކުރިނަމަވެސް މިހާތަނަށް އެއްވެސް މީހަކާއި ސުވާލުކުރިކަމެއް އަދި އެއްވެސް މީހަކު ހައްޔަރު ކުރިކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

 

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ސްޕޯކްސް ޕާސަން އަހުމަދު ޝިފާން ވިދާޅުވީ، ޔާމީންގެ މަރުގެ މައްސައިގެ ތަހުގީގު ކުރިއަށް ދަނީ ވަރަށް ބާރަށް ކަމަަށެވެ. އެ މަރާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޯށްފައިވޭތޯ ރާއްޖެއެމްވީން ސުވާލުކުރުމުން އެއަށް ކޮމެންޓެއް ކުރުމަށް ޝިފާން ވަނީ ދެކޮޅުހައްދަވާފައެވެ. އަދި މީހަކު ހައްޔަރު ނުކުރާކަމަކަށްވެސް ވިދާޅެއް ނުވެއެވެ.

 

ޝިފާން ވިދާޅުވީ، މައްސަލައިގެ ތަހުގީގަށް ކުރިއެރުންތައް ލިބެމުންދާކަމަށާއި، ލިބެމުންދާ މައުލޫމާތު ވަރަށް އަވަހަށް މީޑިއާތަކާއި ހިއްސާ ކުރައްވާނެ ކަމަށެވެ.

 

ޔާމީން މަރާލިތާ މިއަދަށް 6 ދުވަސްވެފައިވާއިރު، ޔާމީންގެ އާއިލާއިން ވަނީ މި މައްސަލައިގެ ތަހުގީގު އެންމެ ފުރިހަމައަށް ނުހިނގާކަމަށް ދެކޭކަމަށް ބުނެ ބަޔާނެއް ނެރެފައެވެ. އަދި ޔާމީންގެ މަރާ ގުޅިގެން ބޭރުގެ ޑިޕްލޮމޭޓުންނާއި ޔާމީންގެ އާއިލާއިން ވަނީ މައުލޫމާތު ހިއްސާކޮށް، އިންސާފު ހޯދައިދިނުން އަވަސްކުރުމަށް ރާއްޖެއަށް ބާރު އަޅައިދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަމަށްވެސް އެދިފައެވެ.

                                                        

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް
30 އޭޕްރިލް 2017 | އާދީއްތަ 16:25
މާކުންބޭ
އަސްތާ ކުރި އެއި އެރީނުން މައްސަލަ ގޮސް ނުގެންނަ ހިސާބަށް ގޮސް އޮބާލައިފި
29 އޭޕްރިލް 2017 | ހޮނިހިރު 18:46
މޯޑު
ތިކުރިއެރުން ދިވެހިންނަށް އޮތީ އެނގިފަ. އެކުރިއެރުން އަރާގެންގޮސް އަފްރާޝީމްގެ ތަހުގީގު ނުވެސްފެނޭ. ރިޟްވާން މައްސަލަ ލޮލުކޮޅުން އޮބާލައިފި ކުރިއަރައިގެން ދިޔަދިޔާނުން.