Advertisement
ކ. މާލެ
|
29 އޭޕްރިލް 2017 | ހޮނިހިރު 16:30
ޔާމީން ރަޝީދަށް ހަމަލާ ދިން ކަމަށް ފުލުހުން ބުނާ ދެ މީހުން، ޔާމީން ދިރިއުޅެމުންދިޔަ މ. ސްޕެޓިއުލާ ގެއަށް ވަންނަނީ
ޔާމީން ރަޝީދަށް ހަމަލާ ދިން ކަމަށް ފުލުހުން ބުނާ ދެ މީހުން، ޔާމީން ދިރިއުޅެމުންދިޔަ މ. ސްޕެޓިއުލާ ގެއަށް ވަންނަނީ
ރާއްޖެ އެމްވީ
ޔާމީން މަރާލުން
ޔާމީންގެ މަރަށް ހަ ދުވަސް: ގާތިލުންގެ ނަން ހާމަނުކޮށް އުޅެނީ ކީއްވެ؟
ޔާމީން މަރާލީ އޭޕްރީލް 22 ވަނަ ދުވަހުގެ ރޭ
ގާތިލުންގެ ނަންތަކެއް ހާމައެއް ނުކުރޭ
ފުރައިގެން ދިޔަ ކަމެއް ވެސް ނޭނގޭ

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަ ޔާމީން ރަޝީދު މަރާލިތާ ހަ ދުވަސް ފާއިތުވެގެން ދިޔައިރު ވެސް، ގާތިލުންނަކީ ކޮން ބައެއްކަން ފުލުހުން ހާމައެއް ނުކުރެ އެވެ.

އައްޑޫ ފޭދޫ ޗަނބޭލީގޭ، އުމުރުން 29 އަހަރުގެ ޔާމީން ރަޝީދަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވާ ފެނުނީ އޭޕްރީލް 22 ވަނަ ދުވަހުގެ ރޭ މެންދަމު އެވެ. ޔާމީން މަރާލާފައި އޮތީ އާއިލާއާއެކު އޭނާ ދިރިއުޅެމުންދިޔަ މ. ސްޕެޓިއުލާ ގޭގެ ސިޑި ކައިރީގަ އެވެ. މި މަރާ ގުޅޭ ގޮތުން ފުލުހުން މިހާތަނަށް ހާމަކޮށްފައިވަނީ އެންމެ ވާހަކައެކެވެ.

 

މި މަހުގެ 25 ވަނަ ދުވަހު ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސްގައި، ޔާމީނު ރަޝީދުގެ ގާތިލުން ކަމަށް ތުހްމަތު ކުރެވޭ ދެ މީހެއްގެ ފޮޓޯ ފުލުހުން އާންމުކުރިއެވެ. އެ ދެމީހުންނަކީ ކޮން ބައެއްކަން ދެނެގެނެވިފައިވާ ކަމަށާއި ދެން އޮތީ އެ މީހުން ހައްޔަރުކުރުން ކަމަށް، އެ ޕްރެސް ކޮންފަރެންސްގައި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒު ވިދާޅުވި އެވެ.

ނަމަވެސް  ހަ ދުވަސް، އަދި ގާތިލުން ދެނެގަނެވިއްޖެ ކަމަށް ފުލުހުން ބުނިތާ ހަތަރު ދުވަސްވީ އިރުވެސް އެއީ ކޮން ބައެއްކަން ހާމަ ނުކުރެވިގެން އުޅެނީ ކީއްވެގެން ހެއްޔެވެ؟

އޭގެ ތެރެއިން އެކެއްގެ މޫނު ވަރަށް ސާފުކޮށް އެނގެ އެވެ. ހަމަ އެކަނި އެ ފޮޓޯއިން ވެސް ފުލުހުންނަށް އެއީ ކާކުކަން ދެނެ ގަނެވޭނެ އެވެ. ފުލުހުން އެއީ ކާކުކަން ހާމަ ނުކުރި ނަމަވެސް، ސޯޝަލް މީޑިއާގައި ޔާމީންގެ ގާތިލުންގެ ކަމަށް ތުހްމަތުކޮށް ފޮޓޯތައް ދަނީ ފަތުރަމުންނެވެ.

 

ފުލުހުން އާންމުކުރި ފޮޓޯގައި އިސް ޖަަހާލައިގެން ހުރި މީހާއަކީ ކާކަން ފުލުހުންނަށް އެނގޭ ކަމަށް ވެސް ބުނެފައިވާއިރު، މި ދެ މީހުންގެ ނަން ހާމަނުކުރަންވީ އެއްވެސް ސަބަބެއް ނެތެވެ. އަނެއްކޮޅުން އެ މީހުން ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިފައިވާ އިރު އެ މީހުންގެ ނަން ހާމަނުކުރާ ނަމަ އެކަން ކުރާނީ ކޮހިނެއްތޯ އެތައް ބަޔަކު ދަނީ ސުވާލުކުރަމުންނެވެ. 

 

ޔާމީން މަރާލިތާ ހަ ދުވަސް ފާއިތުވެގެން ދިޔައިރު، ގާތިލުންނަކީ ކޮންބައެއްކަން ދެނެގަނެވިފައިވާއިރު، އެ މީހުން ހައްޔަރުކުރިކަން ނުވަތަ ނޫން ކަން ވެސް ފުލުހުން ހާމަ ނުކޮށް އުޅެނީ ކީއްވެކަމެއް ހާމައެއް ނުކުރެ އެވެ. ދިވެހި ރައްޔިތަކުން ލާއިންސާނީ ގޮތަކަށް މަރާ އެއްލާލައިފައި އޮއްވައި ފެނުނުއިރު، އެ ގާތިލުންގެ ނަން ހާމަ ނުކޮށް ހިފަހައްޓަނީ ކީއްވެގެން ކަން ވެސް ފުލުހުން ބުނެދޭން ޖެހެ އެވެ.

 

ނަމަވެސް ފުލުހުންގެ ބަހެއް ނުލިބެ އެވެ. 

މި ސުވާލުތަކަށް ޖަވާބު ނުލިބޭއިރު، އިތުރު ޝައްކުތައް އުފެދޭ ގޮތަށް ކަންކަން ދަނީ ހިނގަމުންނެވެ. ޔާމީން ރަޝީދުގެ މަރުގެ ތަހްގީގުގައި އެންމެ އިސްކޮށް އުޅެމުންދިޔަ އެކަކީ، ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓްގެ އިސްކޮށް ހުންނެވި މުހައްމަދު ރިޔާޒެވެ. ނަމަވެސް އޭނާ ކުއްލި ގޮތަކަށް ކޮމިޝަނާޒް ބިއުރޯއަށް ބަދަލުކުރިއިރު، އެކަމުގެ ސަބަބެއް ވެސް ފުލުހުން ހާމައެއް ނުކުރެ އެވެ.

 

މި މައްސަލައިގައި ފުލުހުންގެ ތަހްގީގު މި ގޮތަށް ދުގު ދެމިގެންދާއިރު، ޑރ. އަފްރާޝިމް އަލީ އަވަހާރަކޮށްލުމުގައި ބައިވެރިވި މީހުން ފަސް އަހަރު ވެގެން ދިޔަ އިރު ވެސް ހޯދިފައެއް ނުވެއެވެ. ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމުގައި ބައިވެރިވި ބައެއް ނުހޯދެ އެވެ.

 

ޔާމީން ވެސް މަރާލާފައި އޮއްވާ ފެނުނީ ޑރ. އަފްރާޝީމް އަވަހާރަކޮށްލި ގޮތަށް ގޭގެ ސިޑި ގޮޅީގައެވެ.  ނަމަވެސް މިހާތަނަށް އެއްވެސް ސުވާލަކަށް ޖަވާބެއް ނުލިބެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
29 އޭޕްރިލް 2017 | ހޮނިހިރު 15:54
ގުބާދު
ދެން ފެންނާނީ ތިކަމުގެ ހަގީގަތް އެނގޭ އެންމެން އެކި ކަހަލަ އެކްސިޑެންޓް ދިމާވެގެން މަރުވާތަން. އެކަކު އެނަޖީ ޑްރިންކެއް ބޮއެގެން ކުއްލިއަކަށް ހާޓްއެޓޭކެއް. އަނެކަކު ބިޓެއްގެ މައްސަލައިގައި ދަންޖެހިގެން. އަނެކަކު ކޮންމެސް އެހެން ކަމެއް ބަލަންތިބެމާ
29 އޭޕްރިލް 2017 | ހޮނިހިރު 13:04
nan
Balaga Dhemeeh?untha