Advertisement
ކ. މާލެ
|
29 އޭޕްރިލް 2017 | ހޮނިހިރު 07:51
ޕީޕީއެމުން ބޭއްވި ޖަލްސާއެއްގެ ރައީސް ޔާމީން ވާހަކަދައްކަވަނީ
ޕީޕީއެމުން ބޭއްވި ޖަލްސާއެއްގެ ރައީސް ޔާމީން ވާހަކަދައްކަވަނީ
ރައީސް އޮފީސް
ކައުންސިލް އިންތިހާބު
އަޅުގަނޑުމެން މި އުޅެނީ ނަސްރު ހޯދަން: ރައީސް
ބާތިލްގެ މައްޗަށް ޙައްޤު ލިބިއްޖެ ކަމަށް ވިދާޅުވި
ކަޅާއި ހުދުގެ ތަފާތު ފެންނާނެ ކަމަށް ވިދާޅުވި
ބޮޑު އަޣްލަބިއްޔަތެއް ބޭނުންފުޅު ކަމަށް ވިދާޅުވި

މި ސަރުކާރުން މި އުޅެނީ ނަސްރު ހޯދަން ކަމަށާއި ހައްގާ ބާތިލާ ދޭތެރޭގައި ހުރި ތަފާތު ރައްޔިތުންނަށް ކިޔައިދޭން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.

 

ޕީޕީއެމުން މާލޭ ސިޓީ އަށް ވާދަކުރާ ކެންޑިޑޭޓުންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ 2009 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރުގެ ފެބްރުއަރީ އަށަކާ ދެމެދު ހިނގާ ދިޔަ ކަންކަން ރައްޔިތުންނަށް ހަނދާންކޮށްދޭން ޖެހޭ ކަމަށެވެ. ރައީސް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012 ފެބްރުއަރީ 07 ގައި ވެއްޓުމަކީ ބާތިލްގެ މައްޗަށް ޙައްޤު ހޯދި ކާމިޔާބެއް ކަމަށެވެ.

 

ރައީސް ނަޝީދުގެ ވެރިކަމުގައި ކަންކަން ހިނގައިދިޔަ ގޮތާއި މިހާރު ކަންތައްތައް ހިނގާ ގޮތް ހުދާ ކަޅާހާއި ތަފާތުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

 

" 2009 އަކުން ފެށިގެން 2012 ގެ ފެބްރަވަރީ 8 އާ ހަމަޔަށް ރައްޔިތުންގެ ހިތުގައި ހުރި މާޔޫސްވުންތަކާއި ރައްޔިތުންނަށް ލިބެމުން ދިޔަ ގެއްލުންތަކާއި މުދަލާ ފައިސާއަށް އައި ގެއްލުންތަކާއި ތަންތަން ރޯ ކުރުން ފަދަ ކަންކަން ވިސްނާލަން ޖެހޭ." ރައީސް ޔާމީން ވިދާޅުވި އެވެ.

 

މީގެ އިތުރުން ރައީސް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާ ކުރީގެ ރައީސް މައުމޫން އަބްދުއްޤައްޔޫމާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވެސް ގަދަކަމުން ހައްޔަރުކޮށްފައި ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ކަމަށެވެ.

 

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ މި ވެރިކަމުގައި ދެ ދަރަޖައެއްގެ ރައްޔިތުންނެއް ނުތިބޭނެ ކަމަށާއި މިސަރުކާރުގައި ރާއްޖެތެރެއާ މާލެއެއް ނޯންނާނެ ކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަކީ އެއް ހައްގުތަކަކާއި އިމްތިޔާޒްތަކެއް ލިބިގެންދާނެ ބައެއް ކަމަށެވެ. ރައީސް ޔާމިން ދެކެވަޑައިގަންނަވަނީ "ރާއްޖެއަކީ އެއް ރާއްޖެއެއް"ގެ ގޮތުގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

 

މި ސަރުކާރުގައި ހުރިހާ ދިވެހިންނަށް އެއް ހައްގުތަކަކާއި އެއް އިމްތިޔާޒުތަކެއް ލިބިގެންދާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

 

"ރާއްޖެތެރޭ މީހުންނަކީ އުޅޭ ބައެއް ނޫން. ކިތަންމެ ފަހަރަކު މި ވާހަކަ ދެކެވިއްޖެ. އަޅުގަނޑުގެ ވެރިކަމުގައެއް ނޫން ދެ ދަރަޖައިގެ މީހުން އުޅޭ ކަމަށް ބުނެވިފައި އޮތީ. އަޅުގަނޑު ސަރުކާރުގައި ހުރިހާ ދިވެހިންނަކީ ވެސް ދިވެހިން" ރައީސް ވިދާޅުވިއެވެ.

 

މި ސަރުކާރު އޮތީ ރައްޔިތުންނަށް ހިދުމަތް ކުރަން ކެތް މަދުވެފައި ކަމަށާއި އަދި އަންނަ މަހު ހައެއްގައި އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމަށް ބޮޑު އަޣުލަބިއްޔަތެއް ލިބެން ބޭނުންފުޅުވާ ކަމަށް ރައީސް ވިދާޅުވިއެވެ.  އަދި މި ސަރުކާރުގެ ކެބިނެޓަށް ބަލައިލި ނަމަވެސް އަޣުލަބިއްޔަތަކީ އަތޮޅުތެރޭގެ ބޭފުޅުން ކަމަށާއި  އެމަނިކުފާނަކީ ވެސް ހަތަރު ކަށިމަތި މާލޭ މީހެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
29 އޭޕްރިލް 2017 | ހޮނިހިރު 15:50
kavA
Thi ulhenee kavaiganegen
29 އޭޕްރިލް 2017 | ހޮނިހިރު 11:34
ކުވާލާ
beynunvanee gina vakkan kurumah magu fahikurun
29 އޭޕްރިލް 2017 | ހޮނިހިރު 10:55
ކިޔާމީހާ
އަޅުގަނޑު ހީކުރީ މިގައުމުގައި ޣޮތް ނޭނގޭ ގޮތްގޮތަށް ހިންގާފައިވާ ގަތުލު ތަކުގެ މުޖުރިމުން ހޫދަން އުޅެނީކަމަށް... ސޯ ސޭޑް
29 އޭޕްރިލް 2017 | ހޮނިހިރު 07:24
މުދީރު
ރައްޔިތުންންނޭ! ހޭއަރާތިބޭތި، އެއުޅެނީ ކޮންމެހެން ރައޔިޮތުންނަށް ކަމެއް ކޮށްދޭކަށެއްނޫން، ކައުންސިލް އިންތިހާބުގެ މެޖޯރިޓީ ލިބުނީމަ ބޭރު ދުނިޔެއަށް އެނގި ހާމަވާނެ ދިވެހި ރައްޔިތުން މިސަރުކާރާމެދު ދެކޭގޮތް؟ ސަރުކާރަށް މެޖޯރިޓީ ނުލިބިއްޖެނަމަ ހާމަވެގެން ދަނީ ރައްޔިތުން މި އަނިޔާވެރި ސަރުކާރައް ނޫނެކޭ ބުނެފިކަން! ވަރަށް ސަލާމް
29 އޭޕްރިލް 2017 | ހޮނިހިރު 07:19
ހައްޤު
ޝުކުރިއްޔާ ރައީސް ޔާމީން! ދިވެހި ރައްޔިތުންނަށް ނުހަނު ރަގަޅަށް އޮޅުންފިލައިފި ރާއްޖެތޭރޭ މީހުނާއި މާލޭ މީހުންނަކީ އެކައްޗެއްކަން. ނިކަންބައްްލަވާ؟ ކަރަންޓްގެ އަގު ތަފާތު! ހަނޑޫ،ހަކުރު، ފުއް އަގު ތަފާތު! ތައުލީމީ ކަންތައްތައް - ފެންވަރު ހާސްބައި ތަފާތު! ސިއްހީ ޙިދްމަތްތައް - ފެންވަރާ ހިދްމަތް ހާސްބައި ތަފާތު! ފެންވަރަންޖެހެނީ ނަޖިސްފެނުން، ބައޔެއްވެއްޖެނަމަ ރަގަޅު ފަރުވާއެއް ލިބެނީ މާލެ ދިއުމުން ނުވަތަ ދަރާވިކިގެންވެސް ރާއޖޭން ބޭރަށް ގޮސްގެން! ދެވޭއިރު އޮންނަނީ ވަގުތު ފާއިތުވެފަ! އަދިވެސް ހަމަ ތަފާތެއް ނެއްކަމަށްތޯ ތިޔަ ވިދާޅުވަނީ؟ ހަމަ ސާބަހާއި އައްސަރިބަސް! ދެން، ހައްގައް ނަސްރު ލިބުނީ 2012ގައި ކަމަށް ވިދާޅުވިކަން އުފަލާއެކު ފާހަގަކުރަން! ޝުކުރިއްޔާ ރައީސް ނަޝީދު! މަނިކުފާނު ރައޔިތުންނަށް އަނިޔާވެރި ނުވެ، ރައޔިތުން ތަޅާ ރޯނާގަންނަވާނުލާ، ބާގީނަށް ވެރިކަން ދޫކޮށްލެއްވިކަމީ އަދު ދިވެހި ރައްޔިތުނަނަށް މަނިކުފާނަކީ ރައްޔިތުންގެ ހެވާ ލާބަޔަށް މަސައްކަތް ކުރެއވި ރައީސެއްކަން އެނގި ކަށަވަރު ވެގެން ދޭ! މިއަދު މިއުޅެނީ ހައްގައް ނަސްރު ނުލިބިގެން ރައްޔިތުން އަނިޔާވެރިކަމާ ދެކޮޅަށް ތެދުވެގެން! ނަތީޖާއަކީ ކޮބާތޯ؟ އަނިޔާވެރިކަން އިންތިހާއަށް ބޮޑުވެ އަނގަ ހުޅުވާލާ އެންމެނަށް ހުކުމެއްކޮށް ގޮޅިއަށް ކަނޑާލާ މަންޒަރު ގައުމުން ފެނިގެން މިދަނީ! ޔާﷲ މިއަނިޔާވެރި ވެރިކަމުން އަޅަމެން ސަލާމަތް ކުރަށްވާ އަޅަމެނަށް އޯގާތެރި ހެޔޮ ވެރިއަކު ލިބުމަށް މަގުފަހި ކުރައްވާދޭންވެ! އާމީން. (މިކޮމެންޓް ޖަހައިދިނުން ވަރަށް އަދަބުވެރިކަމާ އެކު އެދެން)