ކ. މާލެ
|
12 ޖެނުއަރީ 2021 | އަންގާރަ 15:44
ކުރީގެ ރައީސް އަބްދުﷲ ޔާމީން - ރައީސް ޔާމީނުގެ މައްޗަށް ވަނީ ރިޝްވަތާއި މަނީ ލޯންޑަރިން ގެ އިތުރު ދައުވާތަކެއް އުފުލާފައި
ކުރީގެ ރައީސް އަބްދުﷲ ޔާމީން - ރައީސް ޔާމީނުގެ މައްޗަށް ވަނީ ރިޝްވަތާއި މަނީ ލޯންޑަރިން ގެ އިތުރު ދައުވާތަކެއް އުފުލާފައި
މުހައްމަދު ޝަރުހާން
ރައީސް ޔާމީންގެ ހައިކޯޓުގެ ޝަރީއަތް
ޔާމީނަށް ޙުކުމް ކުރުން 21 ޖެނުއަރީގައި
ޖަލު ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް މިވަނީ ނިންމާލާފައި
5 އަހަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ޙުކުމް ކުރި
1 މިލިއަން ޑޮލަރު އިންވެސްޓްކޮށް 36 މަސްދުވަސް ވަންދެން ފައިދާ ހޯއްދެވި

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރި މި މައްސަލައިގައި ޙުކުމް ކުރުން ފަސްކޮށްފިއެވެ.

މައްސަލައިގައި ޙުކުމް ކުރަން ކުރިން ތާވަލުކުރީ މިހިނގާ ޖެނުއަރީ މަހުގެ 14 ވާ ބުރާސްފަތި ދުވަހުއެވެ. އެހެން ނަމަވެސް މިހާރު ޙުކުމް ކުރުން އަންނަ ޖެނުއަރީ މަހުގެ 21 ވާ ބުރާސްފަތި ދުވަހަށް ފަސް ކުރެވިފައިވާކަމަށް ހައިކޯޓުން މައުލޫމާތު ދެއެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

މިމައްސަލައަކީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ، އަމިއްލަ ކުންފުންޏެއް ކަމަށްވާ އެސްއޯއެފްގެ އެކައުންޓަކަށް ޖަމާވުމުން، އެ ކުންފުނިން ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް އެ ފައިސާ ޖަމާކުރި މައްސަލައެެވެ.

އަދި ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ 1 މިލިއަން ޑޮލަރަކީ ދައުލަތުގެ ފައިސާކަމަށް ތުހުމަތު ކުރެވޭތީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)، އެމައްސަލަ ބެލުމަށްޓަކައި އޭސީސީއާއި ރައީސް ޔާމީނާ ދެމެދު ހެދި އެސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބެހެއްޓުމަށް އެއްބަސްވެ ވަޑައިގަތުމަށް ފަހު، އެސްކްރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކޮށް އަދި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް ފައިސާގެ އަސްލު އޮޅުވާލައި މަނީ ލޯންޑަރ ކުރުމުގެ މައްސަލަ އެކެެވެ. ރައީސް ޔާމީން ވަނީ އެ 1 މިލިއަން ޑޮލަރު އިންވެސްޓްކޮށް 36 މަސްދުވަސް ވަންދެން އެފައިސާއިން ފައިދާ ހޯއްދަވާފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ، ގއ. ވޮޑަމުލާގެ އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 1،000،000 ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާއިރު، އެމްއެމްޕީއާރުސީގެ އިތުރު މައްސަލަތަކެއްގެ ތަހުގީގުތައް ކުރިއަށްދެއެވެ.

ދާދިފަހުން ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ، ރ. ފުއްގިރި ރިސޯޓެއް ތަރައްގީ ކުރުމަށް ކުއްޔަށް ދިން މައްސަލައެއްގައި މަނީ ލޯންޑަރ ކުރުމުގެ ދައުވާއަކާއި ކޮރަޕްޝަންގެ ދައުވާއެއް ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ. މި މައްސަލާގައި ދައުލަތުން ރައީސް ޔަމީންގެ މައްޗަށް ހޯދުމަށް މަސައްކަތް ކުރާ، ޖުމްލަ ފައިސާގެ އަދަދަކީ 591 މިލިއަން ރުފިޔާއެވެ. އަދި އެދައުވާ ސާބިތު ވެއްޖެނަމަ، ރައީސް ޔާމީންގެ މައްޗަށް ދިގު މުއްދަތަކަށް ޖަލަށް ލުމުގެ ހުކުމެއް އަންނާނެ ކަމަށް ބެލެވެއެވެ.

- ކޮމެންޓް
14 ޖެނުއަރީ 2021 | ބުރާސްފަތި 00:31
ސުވާލަކީ އެފައިސާ ޖަމާކުރީ ކާކުތޯ؟ އަދި އެމް.އައި.ބީ ގަ ހުރި ފައިސާގަ ގއ. ވޮޑަމުލާ ޖަހާފަ ހުރިތޯ؟ އެފައިސާ ޖަމާކުރިމީހުން އަތުގައިހުރީ ހުސް ކޮރަޕްޝަންގެ ގޮތުގައި ހޯދާފައިވާ ފައިސާތޯ؟ ރާއްޖެ އެމްވީ އިން މިކަންތަން ބަލާލުމަށްފަހު އަރޓިކަލްއެއް ޝާއިއު ކޮށްލަ ދޭންވީނުންތޯ.
13 ޖެނުއަރީ 2021 | ބުދަ 12:20
ރާގުންޑާ
އެހެންތަ؟ ހުކުމް ފާސްނުވޭ ދޯ އަދި؟ ޗީފް އޮފް ސްޓާފް ވެސް އަދި ނުބަލަނީތަ؟ ދެން އަވަސްކުރޭ!