ކ. މާލެ
|
12 ޖެނުއަރީ 2021 | އަންގާރަ 01:26
އަންހެނުންގެ ހައްގުތައް ކަށަވަރުކުރުމަށް ގޮވާލާ އިދިކޮޅުން ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން
އަންހެނުންގެ ހައްގުތައް ކަށަވަރުކުރުމަށް ގޮވާލާ އިދިކޮޅުން ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން
ޕީޕީއެމް
ހައްޔަރުކުރި މީހުން ދޫކޮށްލަން ގޮވާލު
އިދިކޮޅު އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި މީހުން ދޫކޮލަން ޕީޕީއެމުން ގޮވައިލައިފި
ޕީޕީއެމްގެ އަންހެން ކަނބަލުން އިހުތިޖާޖް ކޮށްފައި ވަނީ ޖެންޑަރ މިނިސްޓްރީ ކައިރީގައި
އިހުތިޖާޖްގެ ތެރެއިން ހައްޔަރުކޮށްފައި ވަނީ ފަސް މީހުން
ޕީޕީއެމް އިން ވަނީ ފުލުހުންގެ ބޮޑު ފައުޖެއް އައިސް އެ ފަސް މީހުން ހައްޔަރު ކުރުމަކީ ވަރަށް އަނިޔާވެރި ލާއިންސާނީ ދަށު ދަރަޖައިގެ އަމަލެއް ކަމަށް ބުނެފައި

އަންހެނުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ގޮވާލާ އިދިކޮޅުން ކުރިއަށްދިޔަ އިހްތިޖާޖުގެ ތެރެއިން ހޯމަ ދުވަހު ހައްޔަރުކުރި މީހުން ދޫކޮށްލަން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ގޮވާލައިފިއެވެ.

ޕީޕީއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީއާ ބައްދަލުކުރުމަށް އެދި ފޮނުވާފައިވާ ސިޓީއަށް ޖަވާބެއް ނުލިބި ތިން މަސް ދުވަސް ވެފައިވާތީއާއި އަދި އަންހެނުންނާ ގުޅުންހުރި މައްސަލަތަކުގައި އިންސާފު ނުލިބޭތީ ޖެންޑަރ މިނިސްޓްރީ ކުރިމަތީގައި ކަނބަލުން ކުރި ސުލްހަވެރި އިހްތިޖާޖުގެ ތެރެއިން ފަސް ކަނބަލަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެގޮތުން ހައްޔަރު ކޮށްފައިވަނީ ޕީޕީއެމްގެ ކައުންސިލް މެމްބަރު ފާތިމަތު ރުކްޝާނާއާއި މާފަންނު ސްޓިއަރިންގ ކޮމިޓީގެ ސެކްރެޓަރީ އާމިނަތު ނާސިހާއާއި އިދިކޮޅު ކޯލިޝަންގެ މެމްބަރުން ކަމަށްވާ ފާޠިމަތު ފައުޒިއްޔާއާއި އާމިނަތު ނަޒީރާ އަދި ޒުބައިރު މުޙައްމަދު ކަމަށް ޕީޕީއެމުން ފާހަގަކުރެއެވެ.

ޕީޕީއެމް އިން ބުނީ ރޭޕާއި ޖިންސީ ފުރައްސާރައިގެ މައްސަލަތަކުގައި އިންސާފު ނުލިބި ލަސްވަމުންދާތީ އިންސާފު އަވަހަށް ޤާއިމްކުރުމަށާއި އަންހެނުންނަށް ރައްކާތެރިކަމާ ޙިމާޔަތް ކަށަވަރުކޮށްދިނުމަށް ސުލްޙަވެރިކަމާއެކު ގޮވާލަމުންދިޔަ ކަނބަލުންތަކެއް، ފުލުހުންގެ އިސްފަރާތްތަކުގެ އެންގުމަށް ފުލުހުންގެ ބޮޑު ފައުޖެއް އައިސް ހައްޔަރު ކުރުމަކީ ވަރަށް އަނިޔާވެރި ލާއިންސާނީ ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި މިކަން އިދިކޮޅުން ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަމަށް ޕީޕީއެމް އިން ބުނެފައިވާ އިރު، ހައްޔަރުކުރި އެންމެ މިހާރުން މިހާރަށް ދޫކޮށްލުމަށް ޕީޕީއެމުން ވަނީ ގޮވާލާފައެވެ.

- ކޮމެންޓް
12 ޖެނުއަރީ 2021 | އަންގާރަ 05:03
އަމާ އަދުރޭ
ހައްޔަރު ކުރީގޭގަތިއްބަބާ.... ޕަކާސް