އަންހެން ކުދިން ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގުވެރި ކުރުމަށްޓަކައި ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގެ ފަރާތުން އަންހެން ކުދިންނަށް ޚާއްޞަކޮށްގެން ކޯޑިންގ ދަސްކޮށް ދިނުމަށް ހިންގާ ސިލްސިލާ ޕްރޮގްރާމް "ގަރލްސްޓުކޯޑު - ތިނަދޫ" 10 ޖެނުއަރީ 2020 ގައި ފަށައިފިއެވެ.
މި ޕްރޮގްރާމްގެ ފެށުމުގެ ރަސްމިއްޔާތު ވަނީ އާދީއްތަ ދުވަހުގެ ހަވީރު ވަރޗުއަލް އިވެންޓެއް މެދުވެރިކޮށް ބާއްވާފައިއެވެ. މި އިވެންޓުގައި ދިރާގާއި ވިމެން އިން ޓެކް މޯލްޑިވެސް ގެ އިތުރުން މި ޕްރޮގުރާމްގެ ބައިވެރިން ބައިވެރިވިއެވެ.
އޮންލައިންކޮށް ގެންދެވޭ މި ޕްރޮގްރާމް ކުރިއަށް ދާނީ 2 މަސް ދުވަހުގެ ނިޔަލަށެވެ. އަދި މި ޕްރޮގްރާމް ކުރިއްދާނެ ގޮތުގެ އިތުރު މައުލޫމާތު އިއްޔެގެ ހަފުލާގައި ވަނީ ޕްރޮގްރާމްގެ ބައިވެރިންނާ ހިއްސާކޮށްފައެވެ. މި ޕްރޮގްރާމްގައި ކުދިންނަށް އެޗް.ޓީ.އެމް.އެލް، ސީ.އެސް.އެސް އަދި ޖާވާ ސްކްރިޕްޓް ބޭނުން ކޮށްގެން ވެބްސައިޓް ފަރުމާކޮށް ޑިވެލޮޕްކުރަން ދަސްކޮށް ދޭނެއެވެ.
މި ޕްރޮގްރާމް އަށް ދިރާގުން އެއްބާރުލުން ދޭން ނިންމި އެންމެ މުހިންމު ސަބަބަކީ، ދިރާގުގެ ސީއެސް އާރ ޕްރޮގްރާމްގައި އަންހެނުން ބާރުވެރިކުރުމަކީ ވަކިން ހާއްޞަ އަހަންމިއްޔަތު ކަމެއް ދޭ ދާއިރާއަކަށް ވާތީ. އަދި އަންހެން ކުދީން ޓެކްނޮލޮޖީގެ ދާއިރާގައި ބައިވެރިކުރުން އިތުރުކުރުމަށް ހިއްވަރު ދިނުމަކީ އަޅުގަނޑުމެން ޚާއްޞަ އަހައްމިއްޔަތުކަމެއް ދޭން ބޭނުންވާ ދާއިރާއެއް ކަމަށް ވާތީ. އަދި ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ހިންގި ގަރލްސް ޓު ކޯޑް ފުވައްމުލަށް އަދި ޖެންގޯ ގަރލްސް މާލެ ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބުނުކަމީ އަޅުގަނޑުމެން މި މަސައްކަތް އިތުރައް ކުރިޔަށް ގެންދިއުމަށް ލިބުނު ވަރަށް ބޮޑު ހިއްވަރެއްދިރާގު ޑިރެކްޓަރ ކޯޕަރޭޓް ސަރވިސަސް އާތިފާ އަލީ
މި ޕްރޮގްރާމްގެ ތެރެއިން ހިންގޭ ވާރކްޝޮޕްތަކުގައި ޕްރޮޖެކްޓް މެނޭޖް ކުރުމާއި އަދި ވެބް ޑިވެލޮޕްމެންޓް އާއި ގުޅޭ ގޮތުން މައުލޫމާތު ޙިއްސާ ކުރުމަށް މެންޓަރސްގެ ގޮތުގައި މި ދާއިރާގެ ފަންނީ މީހުން ބައިވެރިވާނެއެވެ.