ފުވައްމުލަކުން މޫދަށް އެރި އުޅެނިކޮށް ހޮނިހިރު ދުވަހު ގެނބިގެން އުމުރުން 17 އަަހަރުގެ އަހްމަދު ފައުޒާން މަރުވުމާއި ގުޅިގެން އެ އާއިލާއަށް އެޑިއުކޭޝަން މިނިސްޓްރީން ތައުޒިޔާ ކިޔައިފިއެވެ.
އެ މިނިސްޓްރީން ނެރުނު ތައުޒިޔާ މެސެޖުގައި ބުނެފައިވަނީ ފައުޒާން އަކީ އެންމެނާވެސް ގުޅިގެން އުޅޭ، ސްކޫލް ދަރިވަރުންގެ ވަރަށް ގާތް އެކުވެރިޔެއް ކަމަށެވެ. އަދި ފައުޒާން އަކީ ސްކޫލަށް ނުހަނު މުހިއްމު އަހުލާގު ރަނގަޅު ދަރިވަރެއް ކަމަށެވެ.
މި ހިތާމަވެރި ދަނޑިވަޅުގައި މަރުހޫމްގެ ފުރާނައަށް މާތްﷲ ރަހުމަތް ލައްވާ ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި ދުޢާ ކުރާ ކަމަށާއި މި ފުން ހިތާމައިގެ މިނިސްޓްރީގެ އެންމެހާ މުވައްޒަފުން ބައިވެރިވެ، މަރުހޫމްގެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށް ވެސް އެދޭ ކަމަށް ވަނީ ބުނެފައެވެ.
ފައުޒާންގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ ޖެނުއަރީ 10 ވަނަ ދުވަހުގެ މެންދުރު ނަމާދަށްފަހު ފުވައްމުލަކު މަސްޖިދު އިޖާބާ (ހީނާޑި މިސްކިތް) ގައެވެ.