Advertisement
ކ. މާލެ
|
28 އޭޕްރިލް 2017 | ހުކުރު 17:29
ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން މާފުށީގައި އެމްޑީޕީން ބޭއްވި ޖަލްސާއެއްގެ ތެރެއިން
ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން މާފުށީގައި އެމްޑީޕީން ބޭއްވި ޖަލްސާއެއްގެ ތެރެއިން
ރާއްޖެ އެމްވީ
ކައުންސިލް އިންތިޚާބު
ހދ އަތޮޅުގެ ކެމްޕޭން ހަރަކާތް މެކުހަށް، ކުޅުދުއްފުށީގައި މިރޭ ބޮޑު ޖަލްސާއެއް ބާއްވަނީ
ޓީމްގައި އިސްކޮށް ހުންނެވީ އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް
ދޮރުން ދޮރަށް ހިނގުމަށް ވަނީ ހަމަޖެހިފައި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީގެ ހާއްސަ ޖަލްސާއެއް  ހދ. އަތޮޅު ކުޅުދުފުށީގައި މިރޭ ބާއްވަން ނިންމާފިއެވެ.

 

"ލާމަރުކަޒީ ރާއްޖެ" މި ނަމުގައި ބާއްވާ މި ޖަލްސާ ފެށޭނީ މިރޭ 9:30  ގައެވެ. މި ޖަލްސާ އަކީ ކައުންސިލް އިންތިހާބުގެ ކެމްޕޭން ހަރަކާތަށް ވަރުގަދަ ކުރުމަށް ހދ އަތޮޅުގެ ރަށްތަކަށް އެމްޑީޕީން ކުރަމުންދާ ދަތުރުގެ ތެރެއިން ބާއްވެމުމަށް ހަމަޖެހިފައިވާ ޖަލްސާއެކެވެ.

 

މި ޖަލްސާގައި އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒާއި، ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާއި ރައްޔިތުންގެ މަޖިލީހުގެ މުލަކު މެމްބަރު އިބްރާހިމް ނަސީރުގެ އިތުރުން އެޕާޓީގެ ގައުމީ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވަޑައިގަންނަވެއެވެ. މި ޖަލްސާ ރާއްޖެޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

 

ވީހާ ގިނަ އާންމު ރައްޔިތުން މި ޖަލްސާގައި ބައިވެރިވުމަށް އެމްޑީން ވަނީ ގޮވާލާފައެވެ.

 

މެއި މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕޭން ކުރުމަށް އެމްޑީޕީން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރަމުނެވެ. މި ދަތުރުތަކުގައި ކައުންސިލް އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަން ތާއިދު ހޯދުމަށް ގިނަ މަސައްކަތްތަކެއް އެ ޕާޓިން ގެންދަނީ ކުރަމުންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް