ކ. މާލެ
|
7 ޖެނުއަރީ 2021 | ބުރާސްފަތި 18:56
އިދިކޮޅުން މީގެ ކުރިން ކުރިއަށް ގެންދިޔަ އެއްވުމެއްގެ ތެރެއިން- މި އަހަރުގެ އެންމެ އިސް އަމާޒަކީ ޔާމީން މިނިވަން ކުރުން ކަމަށް އިދިކޮޅުން ވަނީ ބުނެފައި
އިދިކޮޅުން މީގެ ކުރިން ކުރިއަށް ގެންދިޔަ އެއްވުމެއްގެ ތެރެއިން- މި އަހަރުގެ އެންމެ އިސް އަމާޒަކީ ޔާމީން މިނިވަން ކުރުން ކަމަށް އިދިކޮޅުން ވަނީ ބުނެފައި
ރާއްޖެއެމްވީ
އިދިކޮޅުން ކުރިއަށް ގެންދިޔަ އިހުތިޖާޖު
އިދިކޮޅުން ކުރިއަށް ގެންދިޔަ އިހުތިޖާޖުން 5 މީހަކު ހައްޔަރަށް
ދައުވާއަށް ޖަވާބުދާރީވުން އޮންނާނީ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު
އައު އަހަރު އެންމެ އިސްކަމެއް ދޭނީ ރައީސް ޔާމީން މިނިވަން ކުރުމަށް
ޕާޓީގެ އާންމު މެމްބަރުންނާއި، ކައުންސިލުގެ 2 މެމްބަރަކު ހިމެނޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް އުފުލާފައިވާ ރިޝްވަތާއި މަނީ ލޯންޑަރިންގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔައިރު، އެ ސަރަޙައްދަށް އެއްވެ އިހުތިޖާޖުކުރި މީހުންގެ ތެރެއިން 5 މީހަކު ހައްޔަރު ކޮށްފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓު ސަރަޙައްދުގައި ކުރިއަށްދިޔަ އިހުތިޖާޖުގެ ތެރެއިން 5 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޕާޓީގެ އާންމު މެމްބަރުންނާއި، ކައުންސިލުގެ 2 މެމްބަރަކު ހިމެނޭކަމަށް ހީނާ ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމަކީ ރ ފުއްގިރި ޙިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް އުފުލާފައިވާ ރިޝްވަތާއި މަނީ ލޯންޑަރިން ގެ ދައުވާ އިއްވުމަށް ބޭއްވި އަޑުއެހުމެކެވެ. މި އަޑުއެހުމުގައި ދައުލަތުން ދައުވާ އިއްވާފައިވާއިރު، ޔާމީނުގެ ފަރާތުން ވަނީ ދައުވާއަށް ޖަވާބުދާރީވުމަށް ވަގުތުކޮޅެއް ބޭނުންވާކަމަށް ވިދާޅުވެފައެވެ. އެއާއެކު މައްސަލަ ބައްލަވާ ފަނޑިޔާރު ވަނީ މި މައްސަލައިގައި ދިފާއަށް ޖަވާބުދާރީވާން ފުރުސަތު ދިނުމަށް ބޭއްވޭ އަޑުއެހުން މިހިނގާ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އޮންނާނެކަމަށް ވިދާޅުވެފައެވެ.

އައު އަހަރު އެންމެ އިސްކަމެއް ދޭނީ ރައީސް ޔާމީން މިނިވަން ކުރުމަށް ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.

އިދިކޮޅު ކޯލިޝަނުން ބުނެފައި ވަނީ ނިމިގެންދިޔަ 2020 ވަނަ އަހަރަކީ ރައީސް ޔާމީން ޖަލުން މިނިވަން ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރި އަހަރެއް ކަމަށެވެ. އެގޮތުން ފާއިތުވި އަހަރު ކުރީގެ ރައީސް ޔާމީން މިނިވަންކުރުމަށް ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން ސިޔާސީ ޙަރަކާތްތައް އިތުރަށް ވަރުގަދަވެ، މެމްބަރުން އިތުރުވެ، ގިނަ ބައެއްގެ އެއްބާރުލުމާއި އެހީތެރިކަމާއެކު ސިޔާސީ ޙަރަކާތްތައް ފުޅާވެ ވަރުގަދަވެގެން ދިޔަ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ.

- ކޮމެންޓް