ކ. މާލެ
|
7 ޖެނުއަރީ 2021 | ބުރާސްފަތި 15:37
ކުވައިތުގެ ޚާރިޖީ ވަޒީރު ޝައިޚް ޑރ. އަޙްމަދު ނާސިރް އަލް މުޙައްމަދު އަލް ސަބާޙް
ކުވައިތުގެ ޚާރިޖީ ވަޒީރު ޝައިޚް ޑރ. އަޙްމަދު ނާސިރް އަލް މުޙައްމަދު އަލް ސަބާޙް
އަލްއަރަބިއްޔާ
ކުވައިތުގެ ޚާރިޖީ ވަޒީރަށް މަރުޙަބާ ވިދާޅުވުން
ކުވައިތުގެ ޚާރިޖީ ވަޒީރަށް ފޮރިންގ މިނިސްޓަރު މަރުޙަބާ ވިދާޅުވެއްޖެ
ކުވައިތުގެ ޚާރިޖީ ވަޒީރަށް މަރުޙަބާ ވިދާޅުވީ އޯޑަރ އޮފް ކުވައިތު ޢިއްޒަތް ލިބުމާ ގުޅިގެން
މިދިޔަ ޑިސެމްބަރު މަހުވެސް 35 ވަނަ ކެބިނެޓަށް އައްޔަން ކުރެއްވުމާ ގުޅިގެން މަރުޙަބާ ވިދާޅުވެފައިވޭ

ކުވައިތުގައި ޤައުމަށް އަގު ހުރި ޚިދުމަތް ކުރާ ފަރާތްތަކަށް ދެވޭ މަތީ ޢިއްޒަތެއް ކަމަށްވާ "އޯޑަރ އޮފް ކުވައިތު" (ވިސާމް އަލް-ކުވައިތު)، އެ ޤައުމުގެ ޚާރިޖީ ވަޒީރު ޝައިޚް ޑރ. އަޙްމަދު ނާސިރް އަލް މުޙައްމަދު އަލް ސަބާޙަށް ކުވައިތުގެ އަމީރު ޝައިޚް ނަވާފް އަލް އަޙްމަދު އަލް ޖާބިރް އަލް ސަބާޙް އެރުވުމާ ގުޅިގެން، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު ކުވައިތުގެ ޚާރިޖީ ވަޒީރަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ އެ ޝަރަފަކީ ބައިނަލްއަގުވާމީ ޑިޕްލޮމެސީ އާއި ކުވައިތަށް އަދި ދާދި ފަހުން ބޭއްވި ގަލްފް ޤައުމުތަކުގެ ބައްދަލުވުމުގެ ނަތީޖާއަށް ނަޒަރު ހިންގާއިރު، ޑރ. އަޙްމަދު ނާސިރް އަލް މުޙައްމަދު އަލް ސަބާޙަށް ޙައްޤު ޝަރަފެއް ކަމަށެވެ.

ކުވައިތުގެ 35 ވަނަ ކެބިނެޓަށް ޑރ. އަޙްމަދު ނާސިރް އަލް މުޙައްމަދު އަލް ސަބާޙް އަނެއްކާވެސް އައްޔަން ކުރެއްވުމާ ގުޅިގެން މިދިޔަ ޑިސެމްބަރު މަހުވެސް ފޮރިންގ މިނިސްޓަރު ޢަބްދުﷲ ޝާހިދު ވަނީ މަރުޙަބާ ވިދާޅުވެފައެވެ.

- ކޮމެންޓް