ރާއްޖެއިން އިތުރު 37 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަ ކޮށްފައިވާ ގޮތުގައި ފާއިތުވި 24 ގަޑިއިރު ރާއްޖެއިން 3088 ސާމްޕަލްއެއް ނަގާފައިވާއިރު، އޭގެ ތެރެއިން 37 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި މާލެ ސަރަޙައްދުން ޕޮޒިޓިވްވި 20 މީހަކާއި، ރަށްރަށުން ޕޮޒިޓިވްވި 2 މީހެއްގެ އިތުރުން، ރިސޯޓުތަކުން ޕޮޒިޓިވްވި މީހަކާއި، ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންގެ ތެރެއިން ޕޮޒިޓިވްވި މީހެއް ހިމެނެއެވެ.
އެއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 13،930ށް އަރާފައެވެ. އަދި މި ވަގުތުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 658 އެވެ.
މިހާތަނަށް ރާއްޖެއިން ޖުމުލަ 328،705 ސާމްޕަލްއެއް ނަގާފައިވާއިރު، 13،217 މީހަކު ބަލިން ރަނގަޅުވެފައިވެއެވެ. އަދި މިވަގުތުވެސް 41 މީހަކަށް ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުންދާއިރު، މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވެފައިވަނީ 48 މީހެކެވެ.
މިހާތަނަށް އައިއިރު ރާއްޖެއިން ކޮވިޑް ޖެހިގެން 48 މީހަކު ނިޔާވެފަައިވާއިރު، ހަފްތާއެއްގެ މައްޗަށް 4 މީހުން ނިޔާވި ދުވަސްތައްވެސް ދިވެހިން މިވަނީ ދެކިފައެވެ. އެގޮތުން ރާއްޖޭގައި މަރުވާ މީހުންގެ އެލަރޓް ލެވެލް އޮތީ ދަރަޖަ 1 ގައި ހިފެހެއްޓިފައެވެ. މާނައަކީ ހަފްތާއެއްގެ މައްޗަށް 4 މީހުން ނިޔާވެގެން ރިޕޯޓް ކުރުމެވެ.
ކޮވިޑް-19 އަށް ވެކްސިނެއް ހޯދުމަށް ސިންގަޕޫރުގެ އެސްޓްރަޒެނެކާއާއެކު ސޮއި ކުރުމަށް ސަރުކާރުން ނިންމިކަން ދާދި ފަހުން މިނިސްޓްރީ އޮފް ފިނޭންސުން ވަނީ ހާމަކޮށްފައެވެ. އެގޮތުން މިހިނގާ 2021 ވަނަ އަހަރުގެ ކުރީކޮޅު ވެކްސިން ޖެހުމުގެ ކަންކަން ފެށިގެންދާނެ ކަމަށް އުއްމީދު ކުރާކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން މީގެ ކުރިން ވަނީ ބުނެފައެވެ.