ކ. މާލެ
|
5 ޖެނުއަރީ 2021 | އަންގާރަ 15:38
ގަތަރުގެ އަމީރު (ވ) އަދި ސައުދީގެ ވަލީއަހުދު (ކ) - މިހާރު ކުރިއަށްދާ ގަލްފް އަރަބި ލީޑަރުންގެ ސަމިޓުގައި ގަތަރާމެދު އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ނިންމާފައިވޭ
ގަތަރުގެ އަމީރު (ވ) އަދި ސައުދީގެ ވަލީއަހުދު (ކ) - މިހާރު ކުރިއަށްދާ ގަލްފް އަރަބި ލީޑަރުންގެ ސަމިޓުގައި ގަތަރާމެދު އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭން ނިންމާފައިވޭ
ރޮއިޓަރސް
ގަލްފް އަރަބި ސަމިޓް
ގަތަރަށް އަޅާފައިވާ ފިޔަވަޅު ނިމުމަކަށް ގެނެސް ގަލްފުގެ ލީޑަރުން ސައުދީ ސަމިޓަށް!
 
ސައުދީގެ ބޯޑަރު ގަތަރަށް ވަނީ ހުޅުވާލާފައި
 
އީރާނާއެކު ގަތަރުން ގުޅުން ބާއްވާ ޓެރަރިޒަމަށް ފަންޑުކުރާ ކަމަށް ތުހުމަތުކުރޭ

ސައުދީ އަރަބިއްޔާގައި ކުރިއަށްދާ ގަލްފް އަރަބި ލީޑަރުންގެ ސަމިޓާއެކު، ގަތަރާއެކު ގަލްފުގެ ގައުމުތަކަށް އަޅާފައިވާ ފިޔަވަޅުތަކަށް ނިމުމެއް އަންނާނެ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެފިއެވެ.

ގަތަރާއި ގަލްފް އަރަބި ގައުމުތަކާއި ދެމެދު ގުޅުންކަނޑާލާ މައްސަލަތައް އުފެދިފައިވަނީ އީރާނާއެކު ގަތަރުން ގުޅުން ބާއްވާ ޓެރަރިޒަމަށް ފަންޑުކުރާ ކަމަށް ބުނެއެވެ. ގަތަރާއެކު ގުޅުންކަނޑާލާފައިވާ ގައުމުތަކުގެ ތެރޭގައި ސައުދި އަރަބިއްޔާ، ޔޫއޭއީ، ބަހްރައިން، މިސްރު ހިމެނެއެވެ. 2017 ވަނަ އަހަރު މި ގައުމުތަކުން ގަތަރާއެކު ގުޅުން ކަނޑާލީ ޓެރަރިޒަމަށް ތާއިދުކުރާ ކަމަށް ބުނެއެވެ. ނަމަވެސް ގަތަރުން އެކަން ދޮގު ކުރެއެވެ.

ގަތަރުގެ އަމީރު ޝައިހް ތަމީމް ބިން ހައްމާދު އަލްޘާނީ ސައުދީގެ މި ސަމިޓުގައި ބައިވެރިވެވަޑައިގަންނަވައެވެ. ސައުދީން ވަނީ އެގައުމުގެ ވައިގެ ސަރަހައްދާއި ކަނޑުގެ ސަރަހައްދުގެ އިތުރުން އެއްގަމުގެ ސަރަހައްދު ގަތަރަށް ހުޅުވާލާ ބޯޑަރު ހުޅުވާލާނެކަން އިއުލާން ކޮށްފައެވެ. ނަމަވެސް މިގޮތަށް ނިންމީ ޑީލެއްގެ ދަށުންނެވެ. އަދި ޑީލުގައި އެމެރިކާގެ އޮފިޝަލެއް އަންގާރަ ދުވަހު ސޮއިކުރާނެ ކަމަށް ހަބަރު ލިބިފައިވެއެވެ.

ޖޫން 2017 ގައި ސައުދީން ގަތަރާ ގުޅުން ކަނޑާލާ ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފައިވެއެވެ. އަދި އެ ފިޔަވަޅުތައް އުވާލުމަށް 13 ކަމަކަށް ޑިމާންޑު ކުރިއެވެ. އޭގެ ތެރޭގައި އަލް ޖަޒީރާ ޓީވީ ހުއްޓާލުމަށް އެންގި ނަމަވެސް އެއިން އެއްވެސް ކަމަކަށް ގަތަރުން ތަބާވެފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ
އެއަރޕޯޓުގެ މުވައްޒަފުންގެ ބައިވެރިވުމާއެކު ރާއްޖެއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި