ކ. މާލެ
|
3 ޖެނުއަރީ 2021 | އާދީއްތަ 19:21
އަވައްޓެރި އިންޑިއާ- އިންޑިއާއިން މިހާތަނަށް 10 މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑް-19ށް ޕޮޒިޓިވްވެފައިވޭ
އަވައްޓެރި އިންޑިއާ- އިންޑިއާއިން މިހާތަނަށް 10 މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑް-19ށް ޕޮޒިޓިވްވެފައިވޭ
އިންޑިއާ ޓައިމްސް
ކޮވިޑް-19 އިންޑިއާގެ ޙާލަތު
އިންޑިއާއިން ކޮވިޑުގެ ދެވަނަ ވެކްސިނަކަށްވެސް ހުއްދަ ދީފި
 
އިންޑިއާއިން މިހާތަނަށް 10 މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވޭ
 
އިންޑިއާއިން ހުއްދަ ދިން ދެވަނަ ވެކްސިނަކީ އެ ޤައުމުގެ ބާރަތް ބައޯޓެކް ކުންފުނިން އުފެއްދި ވެކްސިން
 
އިނގިރޭސިވިލާތާއި، އާރޖެންޓީނާއިންވެސް ވަނީ އެސްޓްރަޒެނެކާގެ ވެކްސިނަށް ހުއްދަ ދީފަ

އަވައްޓެރި އިންޑިއާއިން ކޮވިޑް-19 ގެ ދެވަނަ ވެކްސިނަކަށްވެސް ހުއްދަ ދީފިއެވެ.

އިންޑިއާއިން އެންމެ ފުރަތަމަ ހުއްދަ ދީފައިވަނީ އޮކްސްފޯޑް ޔުނިވަރސިޓީ އާއި އެސްޓްރަޒެނެކާ ގުޅިގެން އުފައްދާފައިވާ ވެކްސިނަށެވެ. ހުކުރު ދުވަހު އިންޑިއާގެ ޑްރަގް ރެގިއުލޭޝަނުން ވަނީ ރަސްމީކޮށް އެސްޓްރަޒެނެކާގެ މި ވެކްސިން އިމަރޖެންސީ ޙާލަތްތަކުގައި ބޭނުން ކުރުމުގެ ހުއްދަ ދީފައެވެ.

އެއާއެކު، އިންޑިއާ ވެގެން ގޮސްފައި މިވަނީ އެސްޓްރަޒެނެކާގެ ކޮވިޑް ވެކްސިނަށް ހުއްދަ ދިން 3 ވަނަ ޤައުމަށެވެ. އެގޮތުން މީގެ ކުރިން އިނގިރޭސިވިލާތާއި، އާރޖެންޓީނާއިންވެސް ވަނީ އެސްޓްރަޒެނެކާގެ ވެކްސިނަށް ހުއްދަ ދީފައެވެ.

އެންމެ ފަހުން އާދިއްތަ ދުވަހު އިންޑިއާއިން މިވަނީ ކޮވިޑުގެ އިތުރު ވެކްސިނަކަށްވެސް ހުއްދަ ދީފައެވެ. އެގޮތުން އިންޑިއާގައި އިމަރޖެންސީ ޙާލަތްތަކުގައި ބޭނުން ކުރުމުގެ ހުއްދަ ދިން ދެވަނަ ވެކްސިނަކީ އެ ޤައުމުގެ ބާރަތް ބައޯޓެކް ކުންފުނިން އުފެއްދި ވެކްސިނެވެ. އަދި މި ދެ ވެކްސިނަކީވެސް ރައްކާތެރި ދެ ވެކްސިން ކަމަށް އެ ޤައުމުގެ ޑްރަގް ރެގިއުލޭޝަން އޮތޯރިޓީން ވަނީ ބުނެފައެވެ.

މި ދެ ވެކްސިނަށް ހުއްދަ ދެވިގެން ދިއުމާއެކު، މިއީ "މުހިއްމު ބަދަލެއްގެ ފެށުން" ގޮތުގައި އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ސިފަ ކުރައްވާފައެވެ. އެގޮތުން މި އަހަރު ތެރޭގައިވެސް އިންޑިއާގެ އާބާދީގެ ގާތްގަނޑަކަށް 300 މިލިއަނެއްހާ މީހުންނަށް ވެކްސިން ދިނުމަށް އެ ޤައުމުން ވަނީ އަމާޒު ހިފާފައެވެ.

އާބާދީގައި 1.3 ބިލިއަނެއްހާ މީހުން ދިރިއުޅޭ އިންޑިއާއިން މިހާތަނަށް 10 މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، މިހާތަނަށް 150،000ށް ވުރެ ގިނަ މީހުން ވަނީ މި ވައިރަސް ޖެހިގެން މަރުވެފައެވެ.

އިންޑިއާގައި މިހާރު ވެކްސިން ޖެހުމުގެ ހުއްދަ ދީފައިވާއިރު، ވެކްސިން ޖެހުމަށް ވާން ޖެހޭ ތައްޔާރީތަކަށް އަހުލުވެރިވުމަށް ހޮނިހިރު ދުވަހު ވަނީ އެ ޤައުމުގެ ގާތްގަނޑަކަށް 90،000 ސިއްޙީ އެހީތެރިން ބައިވެރިކޮށްގެން ޑްރިލްއެއްވެސް ކުރިއަށް ގެންގޮސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި