ކ. މާލެ
|
3 ޖެނުއަރީ 2021 | އާދީއްތަ 07:28
އިންޑިއާގައި ވެކްސިން ދިނުމުގެ ޓްރައަލްގެ ތެރެއިން މީހެއްގެ ގަޔަށް ވެކްސިން ޖަހަނީ
އިންޑިއާގައި ވެކްސިން ދިނުމުގެ ޓްރައަލްގެ ތެރެއިން މީހެއްގެ ގަޔަށް ވެކްސިން ޖަހަނީ
ބްލޫމްބާރްގް
އިންޑިއާ ވެކްސިން ޕްރޮގްރާމް
އިންޑިއާއިން އެސްޓްރަޒެނިކާގެ ވެކްސިން ޖެހުމުގެ ހުއްދަ ދީފި
 
އެސްޓްރަޒެނިކާގެ ވެކްސިންގެ އިތުރުން ކޮވެކްސިން ދިނުމާއި މެދު މިއަދު ގޮތެއް ނިންމާނެ
 
ސެންޓްރަލް ޑްރަގްސް ސްޓޭންޑަރޑްސް ކޮންޓްރޯލް އޮގަނައިޒޭޝަނުން މިއަދު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވެކްސިން ދިނުމާއިމެދު ގޮތެއް ނިންމާނެ

ކޮވިޑް-19ގެ ކޭސްތައް ދެވަނައަށް އެންމެ ގިނަ އިންޑިއާގައި އާންމުންނަށް އެސްޓްރަޒެނިކާގެ ވެކްސިން ދިނުމުގެ ހުއްދަ އެގައުމުގެ ކަމާބެހޭ އިދާރާތަކުން ދީފިއެވެ.

އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެމަރޖެންސީކޮށް 2 ވެކްސިނެއް ދިނުމުގެ ހުއްދަ ދީފައެވެ. އެގޮތުން އޮކްސްފޯޑް ޔުނިވަރސިޓީއާއި އެސްޓްރަޒެނިކާ ގުޅިގެން އުފައްދާފައިވާ ވެކްސިނާއި، އެގައުމުގައި އުފައްދަމުން އަންނަ އިތުރު ވެކްސިނަކަށް ވަނީ ހުއްދަ ދީފައެވެ.

ސަރުކާރުގެ މިނިސްޓަރަކާއި ހަވާލާދީ ރޮއިޓަރސްގައި ބުނެފައިވަނީ އެސްޓްރަޒެނިކާގެ ވެކްސިނަށް ފެހި ސިގްނަލެއް ލިބިފައިވާ ކަމަށާއި، މިއާއެކު މުޅި ގައުމުން އިމިއުން ކުރުމުގެ ބޮޑު ޕްރޮގްރާމެއް ފެށިގެން ކުރިއަށްދާނެ ކަމަށެވެ.

އިންޑިއާގެ ސަރުކާރުން ބުނެފައިވަނީ އާންމުންނަށް ދިނުމަށް ނިންމާފައިވާ ވެކްސިން ދިނުމަށް ހުއްދަ ދޭނީ ސެންޓްރަލް ޑްރަގްސް ސްޓޭންޑަރޑްސް ކޮންޓްރޯލް އޮގަނައިޒޭޝަނުން ކަމަށާއި، އާދީއްތަ ދުވަހު އެ އޮގަނައިޒޭޝަންގެ ހެޑް އެކަމުގެ މައުލޫމާތު ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްވާނެ ކަމަށެވެ.

އެސްޓްރަޒެނިކާގެ ވެކްސިންގެ އިތުރުން ދެން އާންމުންނަށް ދިނުމަށް ނިންމާފައިވަނީ އިންޑިއާގައި އުފައްދާފައިވާ ކޮވެކްސިންއެވެ. މިއީ ބަހާރަތް ބައޯޓެކް އަދި އިންޑިއާގެ ކައުންސިލް އޮފް މެޑިކަލް ރިސަރޗް ގުޅިގެން އުފައްދާފައިވާ ވެކްސިނެކެވެ. ބައެއް ސޯސްތަކުން ބުނެފައިވަނީ މި ވެކްސިން ދިނުމަށް ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށާއި، ނަމަވެސް މި ވެކްސިންގެ ކްލިނިކަލް ޓްރައަލްގެ މާ ބޮޑު މައުލޫމާތެއް ހާމަވެފައި ނުވާ ކަމަށެވެ.

ބައިނަލްއަގުވާމީ މީޑިއާއިން ވަނީ އިންޑިއާގައި ކޮވިޑް-19 ވެކްސިންގެ ބޮޑު ޑްރައި ރަންއެއް ފެށިކަމަށް ވެސް ރިޕޯޓްކޮށްފައެވެ. "ޓައިމްސް އޮފް އިންޑިއާ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހޮނިހިރު ދުވަހު ފެށި މި ޑްރައި ރަންގައި އިންޑިއާގެ ހުރިހާ ސްޓޭޓެއްގެ ކެޕިޓަލްތަކުން މަދުވެގެން ތިން ސައިޓަކުން މީހުންނަށް ވެކްސިން ދޭނެއެވެ. އަދި ބައެއް ސްޓޭޓްތަކުން ފަގީރުން އުޅޭ ކުދި ސަރަހައްދުތަކުގައި ވެސް މީހުންނަށް ވެކްސިން ދޭން ހަމަޖައްސާފައިވާ ކަމަށްވެއެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީއާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަތަރު ސްޓޭޓަކުން ޑްރައި ރަން ކުރިއަށްގެންދާނެ ސަރަހައްދުތައް ފާހަގަކޮށް އެކަމުގެ ޑީޓެއިލް ޗެކްލިސްޓު މިހާރު ވަނީ ސްޓޭޓްތަކާ ހަވާލުކޮށްފައެވެ. އެގޮތުން ކޮންމެ ސަރަހައްދެއްގައި ވެސް މަދުވެގެން ފަސް ސެޝަން ކުރިއަށްގެންދާނެ ކަމަށާއި ކޮންމެ ސެޝަނެއްގައި 25 ހެލްތު ވޯކަރުން ހަރަކާތްތެރިވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މި ޑްރައި ރަންގެ ބޭނުމަކީ ވެކްސިން ދިނުމުގެ ޕްލޭންއާ އެއްގޮތަށް އަމަލުކުރުމާއި، އެކަމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަތުން ކަމަށް އިންޑިއާގެ ހެލްތު މިނިސްޓްރީން ބުނެއެވެ. އަދި ރަސްމީކޮށް ވެކްސިން ދޭން ފެށުމުގެ ކުރިން ޖެހިދާނެ މައްސަލަތައް ދެނެގަނެ އެކަންކަން ހައްލުކުރުން ކަމަށް ވެސް ބުނެއެވެ. މީގެ ސަބަބުން ވެކްސިންއާ މެދު އޮތް އިތުބާރު ބޮޑުވާނެ ކަމަށް ބެލެވޭ ކަމަށް ވެސް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސުލްހައިގެ ވާހަކަތައް ކުރިޔަށް، ޤަތުލްއާންމު ހުއްޓާލާކަށް ނަތަންޔާހޫ ބޭނުމެއް ނުވޭ
ފަނޑިޔާރުންގެ ޖަމިއްޔާގައި އަންހެން ފަނޑިޔާރުންގެ ގޮތްޕެއް ހަދަން ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައިގައި ބަންދުގެ މުއްދަތު ޖަހަން ގެންދިޔުމުން ބުނީ އެއީ ދޮންބައްޕަގެ އެއްޗެއްކަމަށް
މަސްތުވާތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ ތުހުމަހުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު މީހަކު އަތުލައިގަނެފި
މަސައްކަތްތެރިންގެ ދުވަހު ބޭނުންވަނީ ސިޔާސީ ނުފޫޒުން ވަޒީފާތަކުން ވަކިނުކުރާނެކަމުގެ ޔަގީންކަން
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ޞިއްޙީ ކަންކަން ކަށަވަރުކުރުމަށް ގޮވާލައިފި
ކުށުގެ ވެށިން ނަގާ ކުދިން 18 އަހަރުވުމުން ފުލުހުންގެ ޚިދުމަތުގައި ނުވަތަ ސިފައިންގޭގައި މަަސައްކަތްކުރަންޖެހޭ ގޮތަށް ކަނޑައަޅަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި