ކ. މާލެ
|
2 ޖެނުއަރީ 2021 | ހޮނިހިރު 22:42
ކޮވިޑް-19 އަށް ރެންޑަމް ސާމްޕަލް ނެގުމަށް އާރްއާރްޓީމުން ޙަރަކާތްތެރި ވަނީ- ފާއިތުވި 24 ގަޑިއިރުވެސް 2000ށް ވުރެ ގިނަ ސާމްޕަލް ނަގައި ޓެސްޓު ކޮށްފައިވޭ
ކޮވިޑް-19 އަށް ރެންޑަމް ސާމްޕަލް ނެގުމަށް އާރްއާރްޓީމުން ޙަރަކާތްތެރި ވަނީ- ފާއިތުވި 24 ގަޑިއިރުވެސް 2000ށް ވުރެ ގިނަ ސާމްޕަލް ނަގައި ޓެސްޓު ކޮށްފައިވޭ
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖޭގެ ޙާލަތު
މިއަދު މާލެއިން 13، ރިސޯޓުތަކުން 17 ޕޮޒިޓިވް ކޭސް
ރާއްޖެއިން ކޮވިޑު ޖެހިގެން 48 މީހަކު ނިޔާވެފަައިވޭ
މަރުވާ މީހުންގެ އެލަރޓް ލެވެލް އޮތީ ދަރަޖަ 1 ގައި ހިފެހެއްޓިފަ
މިހާތަނަށް ބަލިން ރަނގަޅު ވެފައިވަނީ 13،166 މީހެއް

މާލެ ސަރަޙައްދުން އިތުރު 13 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ހޮނިހިރު ދުވަހުގެ އިރުއޮއްސި. 00؛06 ގެ ނިޔަލަށް މާލެ ސަރަޙައްދުން އިތުރު 13 މީހަކާއި، ރިސޯޓުތަކުން 17 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު ފާއިތުވި 24 ގަޑިއިރު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 30ށް އަރާފައެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން 2105 ސާމްޕަލްއެއް ޓެސްޓު ކޮށްފައިވެއެވެ. އެއާއެކު ރާއްޖެއިން މިހާތަނަށް ޓެސްޓު ކުރި ސާމްޕަލްތަކުގެ ޖުމުލަ ވަނީ 320،957ށް އަރާފައެވެ. އަދި މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދަކީ 13،834 އެވެ.

ރާއްޖެއިން މިހާތަނަށް ބަލިން ރަނގަޅު ވެފައިވަނީ 13،166 މީހެކެވެ. އެއާއެކު، މިވަގުތު ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ ޖުމުލަ އަދަދު އުޅެނީ 613 ގައެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިވަގުތުވެސް 29 މީހަކަށް ހޮސްޕިޓަލުތަކުގައި ދަނީ ފަރުވާ ދެމުންނެވެ.

މިހާތަނަށް އައިއިރު ރާއްޖެއިން ކޮވިޑް ޖެހިގެން 48 މީހަކު ނިޔާވެފަައިވާއިރު، ހަފްތާއެއްގެ މައްޗަށް 4 މީހުން ނިޔާވި ދުވަސްތައްވެސް ދިވެހިން މިވަނީ ދެކިފައެވެ. އެގޮތުން ރާއްޖޭގައި މަރުވާ މީހުންގެ އެލަރޓް ލެވެލް އޮތީ ދަރަޖަ 1 ގައި ހިފެހެއްޓިފައެވެ. މާނައަކީ ހަފްތާއެއްގެ މައްޗަށް 4 މީހުން ނިޔާވެގެން ރިޕޯޓް ކުރުމެވެ.

ކޮވިޑް-19 އަށް ވެކްސިނެއް ހޯދުމަށް ސިންގަޕޫރުގެ އެސްޓްރަޒެނެކާއާއެކު ސޮއި ކުރުމަށް ސަރުކާރުން ނިންމިކަން ދާދި ފަހުން މިނިސްޓްރީ އޮފް ފިނޭންސުން ވަނީ ހާމަކޮށްފައެވެ. އެގޮތުން މިހިނގާ 2021 ވަނަ އަހަރުގެ ކުރީކޮޅު ވެކްސިން ޖެހުމުގެ ކަންކަން ފެށިގެންދާނެ ކަމަށް އުއްމީދު ކުރާކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން މީގެ ކުރިން ވަނީ ބުނެފައެވެ.

- ކޮމެންޓް