Advertisement
ކ. މާލެ
|
27 އޭޕްރިލް 2017 | ބުރާސްފަތި 22:08
ޢަހުމަދު މާޒިން
ޢަހުމަދު މާޒިން
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ބޭފުޅަކު ހަމަޖައްސަވައިފި
ފާއިތުވި ވިހި އަހަރު މާޒިންވަނީ ފިނޭންސް މިނިސްޓްރީގައި މަސައްކަތްކުރައްވާފައި

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް އެ މިނިސްޓްރީގެ އެކްޓިން ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމުގައި ހުންނެވި ޢަހުމަދު މާޒިން ހަމަޖައްސައިފި އެވެ.

އަޙުމަދު މާޒިން މިމަޤާމަށް އައްޔަންކުރައްވާފައި ވަނީ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައެވެ.

މާޒިން 2007 ވަނަ އަހަރުން ފެށިގެން ހުންނެވީ އެ މިނިސްޓްރީގެ ޗީފް ފަންޑް އެގްޒެކެޓިވްގެ މަޤާމުގައެވެ.

އަދި ފާއިތުވި 20 އަހަރު އެ މިނިސްޓްރީގެ އެކި ޑިޕާޓްމަންޓް ތަކުގައި މަސައްކަތްކުރައްވައި ތަޖްރިބާ ހޯއްދަވާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާއިން 2002 ވަނަ އަހަރު  ޔުނިވަރސިޓީ އޮފް އީސްޓް ލަންޑަނުންފުރަތަމަ ޑިގްރީ ހާޞިލްކުރައްވާއިވާއިރު އަދި މާސްޓަރސް ޑިގްރީ ހާޞިލްކުރައްވާފައިވާ އިރު ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޔުނިވަރސިޓީ އޮފް ބެލަރަޓް އިން 2006 ވަނަ އަހަރު މާޒިން ވަނީ ހާސިލްކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް