ކ. މާލެ
|
27 އޭޕްރިލް 2017 | ބުރާސްފަތި 16:49
އަބްދުލް އަލީމު
އަބްދުލް އަލީމު
ޓްވިޓަރ
އަލީމްގެ މައްސަލަ
ކޯޓުގެ ހުރުމަތް ކަނޑާލި ކަމުގެ ތުހުމަތުގައި އަލީމް 85 ހާސް ރުފިޔާއިން ޖޫރިމަނާކޮށްފި
ކޯޓުން ވަނީ ޕީޕީއެމްގެ ނަމާއި ލޯގޯ ބޭނުން ނުކުރަން އަންގާފައި

 ޕީޕީއެމްގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ފެކްޝަންގެ ސެކްރެޓަރީ ޖެނެރަލް އަބުދުލް އަލީމް ކޯޓުގެ ހުރުމަތް ކަނޑެމުގެ ކުށުގައި 85 ހާސް ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

ބުރާސްފަތި ދުވަހު ސިވިލް ކޯޓުން އެގޮތަކަށް ހުކުމްކޮށްފައިވާ އިރު ކޯޓު އަމުރެއްގެ ދަށުން މީގެ ކުރިން އޭނާގެ ގެ ބަލާ ފާސްކޮށްފައި އެވެ.

ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ޕީޕީއެމް ހިންގުން އެޕާޓީގެ މުސްތަޝާރާއި ހަވާލުކޮށްފައިވަނިކޮށް، އެހުކުމުގެ ބާރު ނަފީކޮށް އެހުކުމަށް ބަލައި ކިޔަމަންވެ ތަބާވެފައި ނުވާ ކަން ޝަރީއަތަށް އެނގޭ ކަމަށެވެ. އަދި ހުކުމަށް ގޮންޖަހައިހުކުމާ ހިލާފުވެ، ޕީޕީއެމްގެ ނަމުގައި ވަކި ކައުންސިލަކާއި ސުލޫކީކޮމިޓީއެއްގެ ހަރަކާތްތައް ހިންގުމުގެ ގޮތުން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުން އަލީމު، އެޕާޓީގެޕާލިމެންޓްރީ ގްރޫޕުގައި ހިމެނޭ ޕާޓީގެދެމެންބަރުން ވަކިކޮށްފައިވާ ކަން ވައިބަރ ގްރޫޕުތަކަށް ފޮނުވައިމީޑީޔާތަކަށް ޚަބަރުދީފައިވާ ކަން  ހުށަހެޅިފައިވާ ލިޔުންތަކާއި ޕީޕީއެމްގެ ވާހަކައިންނާއި އަލީމުގެ ބަހުން ވެސް ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އެހެން ކަމުން  ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭގަވައިދުގެ13 ވަނަ މާއްދާގެ (ހ)ގެ، ދެ ވަނަ ނަންބަރުގެ ދަށުން އަލީމް 85 ހާސް ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

މީގެ އިތުރުން ފުލުހުން މީގެ ކުރިން އަލީމުގެ ފޯނު ވެސް އަތުލާފައި އެވެ. އަލީމްގެ ފޯނު ހޯދުމަށް ކުރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރުގައި ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރުގެ މައްސަލައާ ގުޅޭ ގޮތުން ނެގުމަށް ތައްޔާރުވަމުންދިޔަ ވޯޓަށް ނުފޫޒު ފޯރުވުމަށް ރިޝްވަތު ހުށައަޅަމުންދާކަމުގެ މައުލޫމާތު ލިބިފައި ވާތީ، އަލީމްގެ ފޯނު ކޯލްތަކާއި މެސެޖްތަކުގެ ތަފްސީލުގެ އިތުރުން ފޯނާއި، ސިމްކާޑުތަކާއި، މެމޮރީކާޑާއި، އެއާގުޅޭ އިލެކްޓްރޯނިކް ސާމާނު، ހިފެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ.

އަލީމްގެ މައްޗަށް މި ހުކުމް ކޮށްފައި މި ވަނީ ޕީޕީއެމްގެ ލޯގޯ އާއި ޕީޕީއެމްގެ ނަން ބޭނުންކޮށްގެން ކަންކަން ކުރަމުން ގެންދާ މައްސަލައިގައި ކޯޓުން ނެރެފައިވާ އަމުރާ ހިލާފްވެފައިވާ ކަމަށް ތުހުމަތުކޮށް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. 

- ކޮމެންޓް