Advertisement
ކ. މާލެ
|
27 އޭޕްރިލް 2017 | ބުރާސްފަތި 16:26
ކަސްޓަމްސް އިން އަތުލައިގަތް މަސްތުވާތަކެތި
ކަސްޓަމްސް އިން އަތުލައިގަތް މަސްތުވާތަކެތި
ކަސްޓަމްސް
ބައި ކިލޯ މަސްތުވާތަކެތި
ބައި ކިލޯ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފި
އަތުލައިގަނެފައިވަނީ 578 ގްރާމުގެ މަސްތުވާތަކެތި
މިތަކެތި ފެނިފައިވަނީ 25 އަހަރުގެ ޒުވާނެއް އަތުން

ދުބާއީ އިން ރާއްޖެ އައި ދިވެއްސަކު އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

އަތުލައިގަނެފައި ވަނީ 578 ގްރާމުގެ ހެރޮއިން ކަމަށް ކަސްޓަމްސް އިން ބުނެއެވެ. މިމަހުގެ 19 ވަނަ ދުވަހު މިތަކެތި ފެނިފައ ވަނީ 25 އަހަރުގެ ދިވެހި ފިރިހެނެއްގެ އަމަލުތައް ހުރިގޮތުން، އެއަރޕޯޓްގެ ޕެސެންޖަރ ކްލިއަރެންސް އޮފިސަރުންނަށް ޝައްކުވެގެން ބަލާފާސް ކުރުމުން، އޭނާގެ ލަގެޖުގެ ތެރެއިން ކަމަށް އެ އޮތޯރިޓީން ބުނެއެވެ.

އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި ތަކެތި އެތެރެކުރަން އުޅުނު މީހާ ފުލުހުންނާ ހަވާލުކުރެވިފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.  

ކަސްޓަމްސް އިން މިތަކެތި އަތުލައިގަނެފައިވާ އިރު މިމަހުގެ 16 ވަނަ ދުވަހު ފުލުހުން ވަނީ 1.33 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައެވެ. ފުލުހުން ވަނީ އެތަކެއްޗަކީ ވެސް ހެރޮއިން ކަމަށް ބުނެފައެވެ. އެތަކެތީގެ އަގު 6 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފުލުހުން ބުނެ އެވެ. އެ މައްސަލައިގައި ފުލުހުން ވަނީ ދެ މީހުން ހައްޔަރުކޮށްފައެވެ.

ފުލުހުން ހިންގަމުންދާ މަސްތުވާތަކެތީގެ ޚާއްސަ އޮޕަރޭޝަންތަކުގައި ދަނީ ވަރަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަންނަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް