Advertisement
ކ. މާލެ
|
27 އޭޕްރިލް 2017 | ބުރާސްފަތި 16:24
އަބްދުﷲ ޖާބިރު
އަބްދުﷲ ޖާބިރު
ރާއްޖެ އެމްވީ
ޖާބިރު ހޯދުން
ފުލުހުން ޖާބިރު ހޯދަނީ
ޖާބިރު ހޯދަނީ ކޮން ކަމެއްގައި ކަމެއް ނޭނގޭ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު، ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ހޯދަން، މާލޭގައި ހުންނަ އޭނާގެ ގެ، ހ. ތިމާވެށި އަށް ފުލުހުން ބުރާސްފަތި ދުވަހު ހިނގެއްޖެ އެވެ.

ޖާބިރުގެ އާއިލާގެ ބޭފުޅަކު ވިދާޅުވި ގޮތުގައި ބުރާސްފަތި ދުވަހު ހެނދުނު ވެހިކަލެއްގައި ފުލުހުން ގޮސް ޖާބިރު ހޯދަން އެދުނެވެ. ނަމަވެސް، ޖާބިރު ނޫޅުއްވާ  ވާހަކަ ދެންނެވުމުން އެ ފުލުހުން އެނބުރި ދިޔައީ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އިރު ނާރަނީސް ޖާބިރު ހޯދަން ފުލުހުން ދިޔަ ޚަބަރު އަޑު އަހައިފިން ކަމަށެވެ. އެއީ ކޮން ކަމެއްގައިތޯ އޭނާ ވަނީ ސުވާލު ކުރައްވައިފަ އެވެ. 

ޖާބިރު ހޯދަން ފުލުހުން ދިޔައީ ކޮން ބޭނުމެއްގައި ކަމެއް ނޭނގެ އެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

ޖާބިރު ހޯދަން ފުލުހުން ދިޔައިރު، އޭނާ ރާއްޖޭން ބޭރުގައި ދިރިއުޅުައްވާތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. މިވަގުތު އޭނާ ހުންނެވީ ސްރީ ލަންކާގަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
28 އޭޕްރިލް 2017 | ހުކުރު 00:57
އަޙްމަދު
ޖާބިރުަކަށް އެއްގޮތަކަށް ނުހުރެވޭނެ.މާދަމާ ހަމަ ޔާމީނަށް ތާއިދުކޮށްފާނެ.
27 އޭޕްރިލް 2017 | ބުރާސްފަތި 11:59
ހަސަން
އެކިމީހުން ނަށް އިރު އަރާނީ އެކިއިރު ދޯ،