ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މާރާމާރީގެ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ 40 އަހަރުގެ އަލަމިން މިއާ ކަމަށެވެ. އޭނާގެ ޕާސްޕޯޓް ނަންބަރުވެސް ފުލުހުން ވަނީ އާންމުކޮށްފައެވެ. އޭނާގެ ޕާސްޕޯޓް ނަންބަރަކީ BY0942817 އެވެ.
ފުލުހުން ބުނީ އަލަމިން މިއާ އާބެހޭ އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއްވާނަމަ ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުގެ ފޯނު ނަމްބަރު 9791674 ށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދޭ ކަމަށެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.