Advertisement
ކ. މާލެ
|
27 އޭޕްރިލް 2017 | ބުރާސްފަތި 15:25
އަތުލައިގަނެފައިވާ މަސްތުވާތަކެތި
އަތުލައިގަނެފައިވާ މަސްތުވާތަކެތި
މޯލްޑިވްސް ޕޮލިސް ސާރވިސް
މަސްތުވާތަކެތި
މަސްތުވާތަކެތި އެތެރެކުރި ބޯޓެއްގެ އިންޑިއާ ކެޕްޓަންގެ މައްޗަށް ކުރި އުމުރު ދުވަހުގެ ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފި
މިއީ 2013 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެ އައި ބޯޓަކުން އަތުލައިގަނެފައިވާ މަސްތުވާ ތަކެތީގެ މައްސަލައެއް

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުމުގެ ކުށުގައި އިންޑިއާ ރައްޔިތަކު އުމުރަށް ޖަލަށްލުމަށް ރާއްޖޭގެ ކްރިމިނަލް ކޯޓން އިއްވާފައިވާ ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފިއެވެ.

އުމުރަށް ޖަލަށް ލައި އެއް ލައްކަ ރުފިޔާ އިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ އިންޑިއާގެ ރައްޔިތެއް ކަމަށްވަ މާރިއާސޫސަލް ޕޮނުތަންބި ނަމަކަށް ކިޔާ އަންހެނެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް މި ހުކުމްކޮށްފައި ވަނީ އޭނާގެ ކެޕްޓަންކަމުގެ ދަށުގައި ފެބްރުއަރީ 23، 2013 ގައި ރާއްޖެ އައި "އެމް.އެސް.ވީ މާރިއާ ޖާނެއަމަލް" ނަމަކަށް ކިޔާ ބޯޓުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުނު މައްސަލައާ ގުޅިގެންނެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވާ ގޮތުން އެ ބޯޓުން ވީލް ހައުސް ތެރޭގައި ހުރި ކަރުދާސް ފޮށިގަނޑެއްގެ ތެރޭގައި އޮތް ކައްޓާއެއްގެ ތެރެއިން 667.90ގ. ގެ މަސްތުވާތެކެއްޗާއި ހަމަ އެ ފޮށިގަނޑު ތެރެއިން 837.80ގ. ގެ ޑައިމޯފިން އާއި އެ ބޯޓުގެ ދިރުނބާކޮޅުގައި ކޯސްކުނޑި އަޅާފައި އޮތް ގޯންޏެއްގެ ތެރެއިން 489ގ. ޑައިމޯފިން އާއި ހަމަ އެ ތަނުން ރަބަރު ޕެކެޓްގައި 81.9 ގްރާމްގެ ކެނަބިސް ފެނިފައި ވެއެވެ.

އެ ހުކުމުގައި ބުނެފައި ވަނީ ބޯޓުން ފެނުނު ތަކެއްޗާ މެދު ސުވާލުކުރުމުން އެއީ އިންޑިއާގެ އެޖެންޓަކު މާލޭގައި ހުރި މީހަކާ ހަވާލުކުރުމަށް ދިން އެއްޗެހި ކަމަށް މާރިއާ ސޫސަލް އެއްބަސްވެފައިވާ ކަމަށެވެ.

ހައި ކޯޓުން ބެލި އިސްތިއުނާފީ މައްސަލައިގެ ހުކުމުގައި ބުނެފައި ވަނީ އެ މައްސަލައިގަ ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ބަދަލެއް ގެންނަންޖެހޭ ޝަރުއީ ގާނޫނީ ސަބަބެއް ނެތް ކަމަށް މައްސަލަ ބެއްލެވި ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ކަނޑައަޅައި ހުކުމް ކުރާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް