ކ. މާލެ
|
24 ޑިސެންބަރ 2020 | ބުރާސްފަތި 12:23
މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، ޒަހާ ވަޙީދު- މިނިސްޓަރ ވަނީ މަސްވެރިކަން ފުޅާކޮށް މާކެޓު ކުރުމަށް ދިވެހި މަސްވެރިންގެ އެހީއަށްވެސް އެދިވަޑައިގަންނަވާފައި
މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، ޒަހާ ވަޙީދު- މިނިސްޓަރ ވަނީ މަސްވެރިކަން ފުޅާކޮށް މާކެޓު ކުރުމަށް ދިވެހި މަސްވެރިންގެ އެހީއަށްވެސް އެދިވަޑައިގަންނަވާފައި
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
މަސްވެރިކަން މާކެޓު ކުރުން
މަސްވެރިކަން އިތުރު ހަރުފަތްތަކަށް ގެންދިއުމަށް އަންނަ އަހަރު އިތުރު މާކެޓުތައް ހޯދަނީ
މި ޙާލަތުގެ ސަބަބުން މަސްވެރިކަން މާކެޓް ކުރުމަށް މާ ބޮޑު މަސައްކަތްތަކެއް ނުކުރެވޭ
އެކަމުގައި މަސްވެރިންގެ އެހީތެރިކަމަށްވެސް މިނިސްޓަރ ވަނީ އެދިވަޑައިގަންނަވާފަ
ޔޫރަޕަށް ކަންނެލި މަސް އެކްސްޕޯޓް ކުރަން ޖެހެނީ 24 އިންސައްތައިގެ ޓެކުހެއް ދައްކާފައި

ރާއްޖޭގެ މަސްވެރިކަން އިތުރަށް ޕްރޮމޯޓްކޮށް، މަސްވެރިކަމުގެ ސިނާއަތު އިތުރަށް ފުޅާ ކުރުމަށް، އަންނަ އަހަރު ބައިނަލްއަޤުވާމީ އިތުރު މާކެޓުތައް ހޯދުމުގެ މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ، ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެރޭ ރާއްޖެޓީވީގެ "ފަލަސުރުޙީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މިއަހަރު ކޮވިޑުގެ ޙާލަތުގެ ސަބަބުން މަސްވެރިކަން އިތުރަށް މާކެޓް ކުރުމަށް މާ ބޮޑު މަސައްކަތްތަކެއް ނުކުރެވޭ ކަމަށެވެ. އެގޮތުން "ބްރަސަލްސް ފެއަރ" އަދި "ބޮސްޓަން ފެއަރ" އަކީ ރާއްޖެއިން އަބަދުވެސް ބައިވެރިވާ ދެ ފެއަރކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، މި އަހަރު އެ ފެއަރ ތަކުގައިވެސް ބައިވެރިވެވިފައި ނުވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ކުރިއަށް އޮތް އަހަރުގައި ރާއްޖޭގެ މަސްވެރިކަން އިތުރު ހަރުފަތަކަށް މާކެޓު ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އެކަމުގައި މަސްވެރިންގެ އެހީތެރިކަމަށްވެސް މިނިސްޓަރ ވަނީ އެދިވަޑައިގަންނަވާފައެވެ.

އަޅުގަނޑުމެން މި ކުރާ ދެމެހެއްޓެނިވި މަސްވެރިކަން، ދޮށީގެ މަސްވެރިކަމަށް ބެލިއަސް އަތު ނަނުގެ މަސްވެރިކަމަށް ބެލިއަސް، މިއީ ވަރަށް ސާފު ދެ މަސްވެރިކަން، މި މާކެޓް ކުރުމުގައި އަޅުގަނޑުމެން އެބަ ޖެހޭ އަޅުގަނޑުމެން މަސްވެރިންގެ ހުރި ޑިސިޕްލިންއާ މި ހުރިހާ އެއްޗެއް ދައްކަން، މިއީ ތިމާވެއްޓާ ރައްޓެހި އެހާމެ ސާފު މަސްވެރިކަމެއްކަން،
ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދު

މިނިސްޓަރ އިތުރަށް ވިދާޅުވީ، ރާއްޖެއިން ދާދި ފަހުން އެކުލަވާލި މަސްވެރިކަމުގެ އައު ޤާނޫނުގައި މަސްވެރިންނާއި، މަސްވެރިކަމުގެ ސިނާއަތަށް ލިއްބައިދީފައިވާ ހިމާޔަތާއި، ރައްކާތެރިކަންވެސް ބޭރު ޤައުމުތަކުން ބަލައިގަންނަ ކަމަށެވެ. އަދި އެކަންކަމުގެ ސަބަބުން ސިޔާސަތުތައް މެދުވެރިކޮށް ކުރަންޖެހޭ ކަންކަން ކުރުމަށް މަގުފަހިވެފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިވަގުތު ހުރި ގޮންޖެހުންތަކަށް އަލިއަޅުވާލައްވާ މިނިސްޓަރ ވިދާޅުވީ، މިހާރު ރާއްޖެއިން ޔޫރަޕަށް ކަންނެލި މަސް އެކްސްޕޯޓް ކުރަން ޖެހެނީ 24 އިންސައްތައިގެ ޓެކުހެއް ދައްކާފައި ކަމަށެވެ. އަދި މި ނިންމުން 2023 ގެ ކުރިން ރިވިއުވާން ނެތްކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، ސިލޯނު ފަދަ ވާދަވެރި މާކެޓުތަކުން ޔޫރަޕަށް މަސް އެކްސްޕޯޓް ކުރުމަށް ޓެކުހެއް ދައްކަން ނުޖެހޭ ކަމަށެވެ. އަދި އެއީ މިވަގުތު ދިވެހި މަސްވެރިންނަށް އޮތް ގޮންޖެހުމެއްކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި މާކެޓު ކުރުމަށް އިތުރު ބާޒާރުތަކެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީވެސް މި ސަބަބުތަކާ ހުރެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

- ކޮމެންޓް