Advertisement
ކ. މާލެ
|
27 އޭޕްރިލް 2017 | ބުރާސްފަތި 13:45
ކަސްޓަމްސްގެ ލޯންޗެއް
ކަސްޓަމްސްގެ ލޯންޗެއް
ޓްވިޓަރ
ކަސްޓަމްސްގެ ލޯންޗު
ކަސްޓަމްސްގެ ލޯންޗެއް އަޑިއަށް ހިނގައްޖެ
ލޯންޗު އަޑިއަށް ގޮސްފައިވަނީ ރޭ ދަންވަރު ގާތްގަނޑަކަށް 3:30 ހާއިރުގައި

މޯލްޑިވެސް ކަސްޓަމްސް ސާވިސަސްގެ ލޯންޗެއް އަޑިއަށް ހިނގައްޖެއެވެ. 

މަންޒަރު ދުށް މީހަކު ރާއްޖެއެމްވީއަށް ބުނީ ލޯންޗު އަޑިއަށް ގޮސްފައިވަނީ ރޭ ދަންވަރު ގާތްގަނޑަކަށް 3:30 ހާއިރުގައި ކަމަށެވެ. 

ކަސްޓަމްސްގެ ސީނިއާ ސްޕްރިޑެންޓެންޓް އަހްމަދު ނިޔާޒް ވިދާޅުވީ ކަސްޓަމްސްގެ މަސައްކަތުގައި ބޭނުންކުރާ ލޯންޗު އަޑިއަށްދިޔައީ ރޭ ދަންވަރު 3:00 ހާއިރު ކަމަށެވެ. ލޯންޗު އަޑިއަށް ދިޔައީ ކީއްވެކަމެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކަސްޓަމްސްގެ ލޯންޗު އަޑިއަށް ދިޔައީ އެމްޕީއެލް ސަރަހައްދުގެ ފަޅުގައި އަޅާފައި އޮއްވައި ކަމަށާއި ލޯންޗު ނެގުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ނިޔާޒު ރާއްޖެއެމްވިއަށް ވިދާޅުވިއެވެ. އެހެންކަމުން ލޯންޗަށް ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއްކަމެއް އަދި ނޭނގޭ ކަމަށް ވެސް ނިޔާޒު ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް