ކ. މާލެ
|
21 ޑިސެންބަރ 2020 | ހޯމަ 17:41
ދެކުނު އެފްރިކާގައި ކޮވިޑުގެ ސާމްޕަލް ނެގުމަށް ޓީމުތަކުން ހަރަކާތްތެރިވަނީ: ވައިރަހުގެ އައު ބާވަތް ދެނެގަނެވިފައިވަނީ އާދައިގެ މަތިން ކުރި ޗެކަޕް ތަކަކުން
ދެކުނު އެފްރިކާގައި ކޮވިޑުގެ ސާމްޕަލް ނެގުމަށް ޓީމުތަކުން ހަރަކާތްތެރިވަނީ: ވައިރަހުގެ އައު ބާވަތް ދެނެގަނެވިފައިވަނީ އާދައިގެ މަތިން ކުރި ޗެކަޕް ތަކަކުން
ޒިންހުއާނެޓް
ކޮވިޑް-19 ވައިރަހުގެ ވޭރިއަންޓްތަކެއް
ދެކުނު އެފްރިކާގެ ކޮވިޑް ވައިރަހަށްވެސް ބަދަލުތަކެއް؟
 
ބައެއް ގައުމުތަކުން މިހާރު ވަނީ މި ދެ ގައުމަށް ކުރަމުންދާ ދަތުރުތައްވެސް ހުއްޓާލާފައި
 
ވައިރަހުގެ އައު ބާވަތް އާންމު ވައިރަހަށްވުރެ 70 އިންސައްތަ ހަލުވިކަމާއެކު ފެތުރޭ
 
އިނގިރޭސިވިލާތުންވެސް ވައިރަހުގެ ވޭރިއަންޓްތަކެއް ފާހަގަވެފައިވޭ

ދެކުނު އެފްރިކާގައި ކޮވިޑް-19 ވައިރަހަށް ބަދަލުތަކެއް (ވޭރިއަންޓް) ތަކެއް އައިސްފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ބީބީސީގައި ރިޕޯޓުކޮށްފައިވާ ގޮތުން ދެކުނު އެފްރިކާގެ ކޮވިޑް ވައިރަހުން މި ބަދަލުތައް ފެނިފައިވަނީ މި ހިނގާ ޑިސެމްބަރު މަހުގެ ކުރީކޮޅެވެ. އެގޮތުން ވައިރަހަށް ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެވުނީ އެ ގައުމުގެ ސައިންސްވެރިން އާދައިގެ މަތިން ވައިރަހުގެ ހާލަތު ދެނެގަތުމަށް ކުރިއަށްގެންދިޔަ ތަހުލީލުތަކުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ދާދި ފަހުން އިނގިރޭސިވިލާތުންވެސް ވައިރަހުގެ ބަދަލުތަކެއް ފާހަގަވެފައިވާއިރު، ދެކުނު އެފްރިކާގެ ވައިރަހުން ފެނިފައިވަނީ އެއާ މުޅިން ތަފާތު ބަދަލުތަކެއް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އެހެންނަމަވެސް، ވައިރަސް އިންސާނުންގެ ހަށިގަނޑުގެ ސެލްތަކުގައި އަށަގަންނަ ގޮތުގައި އެއްގޮތް ކަންތައްތަކެއް ހުރި ކަމަށް ކަމާ ބެހޭ އިދާރާތަކާ ހަވާލާދީ ބީބީސީގައި ވަނީ ރިޕޯޓުކޮށްފައެވެ. އަދި އެކަމުގެ ސަބަބުން ވައިރަސް ހަލުވި މިނެއްގައި ފެތުރިގެން ދިއުމަށް މިވަނީ މަގުފަހިވެފައެވެ.

އިނގިރޭސިވިލާތުން ފެނުނު ވައިރަހުގެ އައު ބާވަތް ކޮވިޑް-19 ގެ އާންމު ވައިރަހަށްވުރެ 70 އިންސައްތަ ހަލުވިކަމާއެކު ފެތުރޭކަމަށް އެ ގައުމުގެ ސައިންވެރިން ބުނެއެވެ. އެހެން ނަމަވެސް، ދެކުނު އެފްރިކާގައި އަދި މި މައުލޫމާތުތައް ސީދާ ކަށަވަރު ކުރެވިފައެއް ނުވެއެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ވައިރަހުގެ ޖެނެޓިކްސްއަށް ބަދަލު އައިސް، ވޭރިއަންޓްތައް އުފެދުމަކީ އާންމުކޮށް ވާ ކަމެކެވެ. އެހެންނަމަވެސް، ކޮވިޑް-19 ވައިރަހަށް މި އައި ބަދަލުތަކާއެކު، އެ ވައިރަސް އިތުރަށް ނުރައްކާތެރި ވެފައިވޭތޯ ނުވަތަ ނޫންތޯ ސައިންސްވެރިން މިހާރު ދަނީ ދެނެގަންނަމުންނެވެ.

ބައެއް ގައުމުތަކުން މިހާރު ވަނީ އިނގިރޭސިވިލާތާއި ދެކުނު އެފްރިކާއަށް ކުރަމުންދާ ދަތުރުތައްވެސް ހުއްޓާލާފައެވެ. އެގޮތުން މި ދެ ގައުމަށް ކުރަމުންދާ ދަތުުރުތައް ހުއްޓާލި ޤައުމުތަކުގެ ތެރޭގައި ޖަރުމަނާއި ސްވިޒަލެންޑް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
100%
0%
0%
0%
ކޮމެންޓް