ކ. މާލެ
|
21 ޑިސެންބަރ 2020 | ހޯމަ 11:57
ތައިލެންޑް - އެ ޤައުމުން ކޮވިޑުގެ އައުޓްބްރޭކެއް ފެނުމާއެކު، މިހާރު ބާރު ސްޕީޑުގައި ޓެސްޓު ކުރުމާއި، ކޮންޓެކްޓް ޓްރޭސިންގ މަސައްކަތްތައް ކުރިއަށްދޭ
ތައިލެންޑް - އެ ޤައުމުން ކޮވިޑުގެ އައުޓްބްރޭކެއް ފެނުމާއެކު، މިހާރު ބާރު ސްޕީޑުގައި ޓެސްޓު ކުރުމާއި، ކޮންޓެކްޓް ޓްރޭސިންގ މަސައްކަތްތައް ކުރިއަށްދޭ
ރޮއިޓަރސް
ތައިލެންޑުން ކޮވިޑުގެ އިތުރު ސަރޖެއް
ތައިލެންޑުން ބޮޑު އައުޓްބްރޭކެއް، އެތައް ހާސް ބަޔަކު ޓެސްޓު ކުރަނީ
 
ފެންނަމުންދާ ކޭސްތައް ގުޅެނީ އެ ޤައުމުގެ ސީފުޑް މާކެޓެއް ކަމަށްވާ ސެމުޓް ސެކޮންއާ
 
އެ ޤައުމުން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު މިވަނީ 5000އާ ގާތް ކޮށްފަ
 
ފަތުރުވެރިންނަށް ތައިލެންޑް ހުޅުވާލީ ބުދަ ދުވަހު

އެތައް ދުވަހަކަށްފަހު ތައިލެންޑުން ކޮވިޑް-19 ގެ ކޭސްތަކެއް ފެނި، މިހާތަނަށް އެ ޤައުމަށް ކުރިމަތިވެފައި ނުވާ މިންވަރަށް ވައިރަސްގެ އައުޓްބްރޭކެއް ކުރިމަތިވެއްޖެއެވެ.

ކޮވިޑް-19 ގެ ސަބަބުން ތައިލެންޑްގެ ފަތުރުވެރިކަން ހުއްޓުމަކަށް ގެނެސްފައި އެތައް މަސްތަކެއް ބޭއްވުމަށްފަހު ފިޔަވަޅުތަކާއެކު ފަތުރުވެރިންނަށް ތައިލެންޑް ހުޅުވާލީ ބުދަ ދުވަހުއެވެ. ނަމަވެސް އޭގެ އެއް ދުވަސްފަހުން ތައިލެންޑްގެ ތެރެއިން ހަތަރު މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އެ ކޭސްތަކާ ގުޅިގެން މިވަނީ ވައިރަސްގެ ބޮޑު ސަރޖް އެއް އަނެއްކާވެސް އެ ޤައުމަށް ކުރިމަތިވެފައެވެ.

އެކަމާ ގުޅޭގޮތުން ތައިލެންޑްގެ ސިއްހީ އޮފިޝަލުން ބުނީ ފުރަތަމަ ޕޮޒިޓިވްވީ 67 އަހަރުގެ އަންހެނެއް ކަމަށެވެ. މިމީހާއަކީ ތައިލެންޑުން ބޭރަށް ދަތުރުކޮށްފައިވާ މީހެއް ނޫންކަމަށްވެސް އޮފިޝަލުން ބުނެއެވެ. އަދި އެއަށްފަހު އޭނާގެ އާއިލާގެ އިތުރު ތިން މީހަކުވެސް ވަނީ ޕޮޒިޓިވްވެފައެވެ.

އެއަށްފަހު އާދިއްތަ ދުވަހުގެ ނިޔަލަށް އެ ޤައުމުން 689 މީހުން ޕޮޒިޓިވް ވެފައިވާއިރު، މިއީ ހައްތަހާވެސް ބޯޑަރު ހުޅުވާލި ފަހުން ހޭދަވި ހަތަރު ދުވަސްތެރޭ ޕޮޒިޓިވްވި މީހުންނެވެ. އެއާއެކު އެ ޤައުމުން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 5000އާ ގާތް ކޮށްފައެވެ.

ތައިލެންޑުން ކުއްލި ގޮތަކަށް ވައިރަސްގެ އައުޓްބްރޭކެއް އައުމާއެކު އެ ޤައުމުގައި ކޮންޓެކްޓް ޓްރޭސިންގ އާއި، ޓެސްޓު ކުރުމުގެ ކަންކަން މިހާރު ވަނީ އިތުރަށް ފުޅާ ކޮށްފައެވެ. އެގޮތުން މިހާރު ފެންނަމުންދާ ކޭސްތައް ގުޅެނީ އެ ޤައުމުގެ ސީފުޑް މާކެޓެއް ކަމަށްވާ ސެމުޓް ސެކޮންއާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެއާއެކު މިހާރު އެ މާކެޓުވެސް ވަނީ ވަގުތީ ގޮތުން ބަންދު ކޮށްފައެވެ.

ތައިލެންޑުގައި ކޮވިޑް ކޮންޓްރޯލް ކުރުމުގައި ބޮޑު ދައުރެއް އަދާ ކޮށްފައިވަނީ އެގައުމުގެ އިގްތިޞާދު އެންމެ ބޮޑަށް ބަރޯސާވެފައިވާ ފަތުރުވެރިކަން ހުއްޓާލާފައި ބާއްވައިގެންނެވެ. އެތައް މަސްތަކެއްވަންދެން އެގައުމަށް ފަތުރުވެރިންނަށް ނާދެވޭގޮތަށް އޮތުމަށްފަހު އަލުން ފަތުރުވެރިކަމަށް ހުޅުވާލީވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކުއެވެ. އެގޮތުން 50 ގައުމެއްގެ ރައްޔިތުންނަށް އެގައުމަށް އާދެވޭއިރު، 72 ގަޑީއިރުގެ ޕީސީއާރު ނެގެޓިވް ޓެސްޓެއް އެމީހުން އަތުގައި އޮންނަންޖެހެއެވެ. އަދި ތައިލެންޑަށް އައުމަށްފަހު ދެ ހަފްތާ ވަންދެން ކަރަންޓީނު ވާންޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް