ކ. މާލެ
|
27 އޭޕްރިލް 2017 | ބުރާސްފަތި 03:39
ހެލްތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ހެލްތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރާއްޖެއެމްވީ
ސިއްހީ ހިދުމަތްތައް
ސްޕެޝަލިސްޓް ދިވެހި ޑޮކްޓަރުން އިތުރު ކުރުމަށް 39 މީހުން ވަނީ ކިޔަވަން ފޮނުވާފައި: ހެލްތް މިނިސްޓްރީ
ރާއްޖޭގެ ހުރިހާ ރަށެއްގައި ޑޮކްޓަރުން ތިބޭނެ
އައުޓްރީޗު ޕްރޮގްރާމުތައް މެދުވެރިކޮށް އަތޮޅުތަކުގެ 10،000 ރައްޔިތުން ވަނީ ފަރުވާ ހޯދާފައި

ރާއްޖޭގެ ހުރިހާ ރަށެއްގައި ޑޮކްޓަރުން ބޭތިއްބުމުގެ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ ހުރިހާ ރަށެއްގައި މިހާރު ޑޮކްޓަރުން ތިބޭނެ ކަމަށާއި މި މަސައްކަތުގެ ތެރެއިން 16 ރަށެއްގައި އަލަށް ޑޮކްޓަރުން ބެހެއްޓިފައިވާ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސް ޑރ ޝީޒާ އަލީ ވިދާޅުވެއްޖެ އެވެ.

 

ހެލްތް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ޑރ ޝީޒާ ވިދާޅުވީ، ސިއްހީ ހިދުމަތް ފުޅާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ވަރަށް މުހިއްމު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. 

 

"ބޭރު މީހުން މަދުކުރުމުގެ ސިޔާސަތުގެ ދަށުން، 2014 އިން ފެށިގެން މިހާތަނަށް ސްޕެޝިއަލައިޒް ޑޮކްޓަރުންގެ ތެރެއިން 39 ޑޮކްޓަރުން ވަނީ ކިޔަވަން ފޮނުވިފައި." ޝިޒާ ވިދާޅުވި އެވެ.

 

ޝީޒާ ވިދާޅުވީ، ސިއްހީ ދައިރާއިން ތަފާތު ކޯސްތަކަށް ދިވެހި ދައުލަތުން ހަރަދުކޮށްފައިވާ ކަމަށާއި ކުރިއަށްވެސް މިފަދަ ކަންކަން ރޭވިފައިވާ ކަމަށެވެ.

 

އައުޓް ރީޗުކޮށް ބަލިތަކުގެ ޚާއްސަ ޑޮކްޓަރުން އަތޮޅުތަކަށް ފޮނުވައިގެން ހިންގި ޚާއްސަ އޮޕަރޭޝަންތަކުގައި މިދިޔަ ތިން އަހަރުގެ ތެރޭގައި 10،000 މީހުން ފަރުވާ ހޯދާފައިވާކަން ޝީޒާ ފާހަގަކުރެއްވި އެވެ. ޝީޒާ ވިދާޅުވީ، ސިއްހީ ހިދުމަތުގެ ފެންވަރު ރަގަޅު ކުރުމުގެ ގޮތުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމަށް 2016 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އެގޮތުން ސިއްހީ ހިދުމަތުގެ ފަންނީ މީހުންގެ ގާނޫނާއި، ސިއްހީ ހިދުމަތުގެ ގާނޫނު ވުޖޫދަށް ގެނައުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

 

ޝީޒާ ވިދާޅުވީ ކޮލިޓީ ފްރޭމްވޯކެއް އެކުލަވާލުމުގެ ދަށުން 84 ފަރާތެއް މިހާތަނަށް ތަމްރީނު ކުރެވިފައިވާ ކަމަށެވެ. ޝީޒާ ވަނީ ހޭނައްތާ ޑޮކްޓަރުންނާއި  އަންހެނުންނަށް ޚާއްސަ ޑޮކްޓަރުންގެ އިތުރުން ކުޑަކުދިންނަށް ޚާއްސަ ޑޮކްޓަރުން އަތޮޅުތަކުގެ ހޮސްޕިޓަލުގައި ތިބޭނެ ކަމަށް ވިދާޅުވެފަ އެވެ.

 

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރ އިބްރާހިމް ނާޒިމް ވިދާޅުވީ، ސިއްހީ ގިނަ ހިދުމްތަތަކެއް މި ސަރުކާރުން ދެމުންގެންދާ އިރު ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މުހިއްމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން އަތޮޅުތަކުގެ ސިއްހީ ހިދުމަތްދޭ ތަންތަނުގައި ލެބޯޓްރީތައް ނެތް ތަންތަނުގައި ލެބޯޓްރީގެ ހިދުމަތް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

 

"އަތޮޅު ތެރޭގެ ގިނަ ސިއްހީ މަރުކަޒުތަކެއް 24 ގަޑި އިރު ހިދުމަތްދޭ ތަންތަނަށް ވަނީ ބަދަލު ކުރެވިފައި. ކުދި އާބާދީތަކުގައި 8 ގަޑި އިރު ހިދުމަތް ދޭ ތަންތަން 16 ގަޑި އިރަށް ވެސް ވާނީ ބަދަލު ކުރެވިފައި." ނާޒިމް ވިދާޅުވި އެވެ.

 

ނާޒިމް ވަނީ ސަރުކާރުގެ މިވީހާތަނަށް ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހޯދިފައިވާ ކުރިއެރުންތައް ފާހަގަކުރައްވާފަ އެވެ.

 

 

 

 

 

 

- ކޮމެންޓް