ކ. މާލެ
|
18 ޑިސެންބަރ 2020 | ހުކުރު 12:08
ސައިމާ ކެފޭގައި އަލިފާން ރޯވުން، އެމްއެންޑީއެފުން ހަރަކާތްތެރިވަނީ
ސައިމާ ކެފޭގައި އަލިފާން ރޯވުން، އެމްއެންޑީއެފުން ހަރަކާތްތެރިވަނީ
އެމްއެންޑީއެފް
ސައިމާ ކެފޭގައި އަލިފާން ރޯވުން
ސައިމާ ކެފޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހަކަށް ފަރުވާ ދެނީ!
މިހާދިސާގައި އެކަކަށް އަނިޔާވި ކަމަށް ވަނީ ރިޕޯޓްކޮށްފައި

ސައިމާ ކެފޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން ބުނީ މިހާދިސާގައި ފިހުނު މީހަކަށް ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އެހެންނަމަވެސް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް އަދި ސާފެއް ނުވެއެވެ.

މިހާދިސާގައި ފިހިފައިވަނީ ބިދޭސީއެއް ކަމަށާއި އޭނާ އައިޖީއެމްއެޗަށް ގެންދަނީ ފުލުހުންގެ ބެލުމުގެ ދަށުން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

އަލިފާން ކޮންޓްރޯލްކޮށްފައިވާއިރު މިހާދިސާ ހިނގި ކަމުގެ މައުލޫމާތުލިބިފައިވަނީ މިއަދު 11:15 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އަލިފާން ރޯވެފައިވަނީ ބަދިގޭގައި ހުރި ގޭސްފުޅިއެއް މަތީގައި އޮތް ތުވާއްޔެއްގައި ކަމަށާއި އަލިފާނުގެ އަސަރުން ގޭސްފުޅީގެ ހޮޅި ވަނީ އަނދާފައެވެ. މިމައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

- ކޮމެންޓް