Advertisement
ކ. މާލެ
|
27 އޭޕްރިލް 2017 | ބުރާސްފަތި 01:27
ލޯކަލް މާރުކޭޓް: ކުއްޔަށް ދޫކުރާ އުސޫލު ވަނީ ޢާއްމުކޮށްފައި
ލޯކަލް މާރުކޭޓް: ކުއްޔަށް ދޫކުރާ އުސޫލު ވަނީ ޢާއްމުކޮށްފައި
އަޒުމޫން އަހުމަދު
މާރުކޭޓް ގޮޅިތައް
އިތުރު ފަރާތަކަށް ކުއްޔަށް ދީފިނަމަ މާރުކޭޓް ގޮޅިތައް އަތުލަނީ
މާރުކޭޓް ގޮޅިއަށް ކުއްޔަށް ދޫކުރާނީ އެއް އަހަރަށް
އިތުރު މީހަކަށް ކުއްޔަށް ދީފިނަމަ އެތަނެއް އަތުލައި 5000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ
ގޮޅި ކުއްޔަށް ދޫކުރެވޭނީ ޢާއްމުކޮށް އިއުލާންކޮށްގެން

މާރުކޭޓުގެ ގޮޅިތަކާއި ގާޑިޔާތައް ކުއްޔަށް ހިފާ ފަރާތުން އިތުރު ފަރާތަކަށް ކުއްޔަށް ދީފިނަމަ އެގޮޅިތަކާއި ގާޑިޔާތައް އަތުލާގޮތައް ކަނޑައަޅައި މާރުކޭޓުތަކުގެ ގޮޅިތަކާއި ގާޑިޔާތައް ކުއްޔަށް ދިނުމާބެހޭ އުސޫލު ޢާއްމުކޮށްފިއެވެ.

 

ބުދަދުވަހު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށް ޢާއްމުކޮށްފައިވާ މި އުސޫލުގައި ބުނެފައިވާ ގޮތުގައި ގޮޅިތަކާއި ގާޑިޔާތައް ކުއްޔަށް ދޫކުރުމަށްޓަކައި ފުރުސަތު ހުޅުވާލުމުގެ ގޮތުން މިނިސްޓްރީއޮފް ހައުސިން އިންފްރާސްޓަރަކްޗަރއިން ޢާއްމުކޮށް އިއުލާން ކުރަން ވާނެ ކަމަށެވެ. އަދި ކުއްޔަށް ދޫކޮށްފައިވާ ތަނެއްގެ މުއްދަތު ހަމަވުމުގެ އެއްމަސް ދުވަސް ކުރިން ދެވަނަ ފަހަރަށް އެތަނެއް ކުއްޔަށް ދޫކުރަން ހުޅުވާލާ ޢާންމު ކުރަން ވާނެ ކަމަށެވެ.

 

މީގެ އިތުރުން ކުއްޔަށް ހިފާ ފަރާތުން މުއްދަތު ހަމަވުމުގެ ކުރިން ދޫކޮށްލާނަމަ ދޫކޮށްލާތާ ދެހަފްތާގެ ތެރޭގައި އަލުން ކުއްޔަށް ދޫކުރުމަށް އިއުލާން ކުރަން ޖެހޭނެ ކަމަށްވެސް އެއުސޫލުގައި ވަނީ ބުނެފައެވެ.

 

އެއުސޫލުގައިވާ ގޮތުން ގޮޅި ނުވަތަ ގާޑިޔާ ކުއްޔަށް ދޫކުރެވޭނެ އެންމެ ދިގު މުއްދަތަކީ އެއްއަހަރު ދުވަހެވެ. އަދި ކުއްޔަށް ހިފާފަރާތުން އެހެން މީހަކަށް ކުއްޔަށް ދީފިނަމަ 5000 ރުފިޔާއިން ޖޫރިމަނާކޮށް އެތަނެއް އެފަރާތެއްގެ އަތުން އަތުލެވޭނެ ކަމަށްވެސް އެއުސޫލުގައި ވަނީ ބުނެފައެވެ.

 

އެއުސޫލުގައި ބުނެފައިވާ ގޮތުގައި އެފަދަ ތަނެއްގައި ވިއްކޭނީ ހައުސިންގ މިނިސްޓްރީން ކަނަޑާއަޅާ ތަކެތި ކަމަށާއި ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ބޭރުގައި އެއްވެސް އެއްޗެއް ނުބެހެއްޓޭނެ ކަމަށްވެސް އެއުސޫލުގައި ބުނެފައިވެއެވެ.

 

ބުދަދުވަހުން ފެށިގެން މިއުސޫލަށް ޢަމަލުކުރަން ފަށާފައިވާކަމަށްވެސް އެއުސޫލުގައި ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް