ބުރާސްފަތި ދުވަހު ކޮވިޑަށް ޕޮޒިޓިވްވީ 16 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން ޢާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ބުދަ ދުވަހުގެ 18:00 އިން ފެށިގެން ބުރާސްފަތި ދުވަހުގެ 18:00އާ ހަމައަށް ގްރޭޓަރ މާލެ ސަރަަހައްދުން ވައިރަހަށް ޕޮޒިޓިވްވެފައިވަނީ 11 މީހެކެވެ. އަދި އަތޮޅު ތެރެއިން އެކަކު ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ.
ބުރާސްފަތި ދުވަހު ރާއްޖެއިން ކޯވިޑް-19 ބަލިން ރަނގަޅުވެފައި ވަނީ 26 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 12828 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދަކީ 535 އެވެ.
މިބަލީގައި އެޑްމިޓްކޮށްގެން މިހާރު ފަރުވާދެމުންގެން ދަނީ 48 މީހުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 3،171 ސާމްޕަލެއް ވަނީ ނަގާފައެވެ. މިއާއެކު ރާއްޖެއިން މިބަލި ދެނެގަތުމަށް 280،377 ސާމްޕަލް ވަނީ ނަގާފައެވެ. ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން، މިހާތަނަށް 48 މީހުން ވަނީ ނިޔާވެފައެވެ. އެއީ 40 ދިވެހިންނާއި، 8 ބިދޭސީންނެވެ.