ކ. މާލެ
|
17 ޑިސެންބަރ 2020 | ބުރާސްފަތި 08:49
ފުވައްމުލަކު ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ މަސައްކަތުގެ ތެރެއިން
ފުވައްމުލަކު ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ މަސައްކަތުގެ ތެރެއިން
އެމްޓީސީސީ
ފުވައްމުލަކު ސިޓީގެ މަގު ހެދުމުގެ މަޝްރޫއު
ފުވައްމުލަކު މަގުތައް ހެދުމުގެ މަސައްކަތް ޝެޑިއުލަށް ނިންމާލުމަށް ރޭގަނޑުވެސް މަސައްކަތް ކުރިއަށްގެންދަނީ
މަސައްކަތް ކުރިއަށްދާ ސްޕީޑް ރަނގަޅު
ދުވާރު ހެދުމުގެ މަސައްކަތް ކުރަނީ ރޭގަނޑު
މިމަޝްރޫއު ނިންމުމަށް ކަނޑައަޅާފައިވާ ތާރީހަކީ 31 ޑިސެންބަރު 2020ގައި

ފުވައްމުލަކު ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ފުވައްމުލަކު އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މި މަޝްރޫއުގެ މަސައްކަތް ޝެޑިއުލާއި އެއްގޮތަށް ނިންމުމަށް ދުވާރު ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ ރޭގަނޑުގެ ވަގުތު ކަމަށެވެ.

މީގެ އިތުރުން އެމްޓީސީސީން ބުނީ ފުވައްމުލަކު ސިޓީގެ ރިންގް ރޯޑް ހެދުމުގެ މަޝްރޫއުގެ 95 އިންސައްތަ މަސައްކަތްތައް ނިމިފައިވާ ކަމަށެވެ. އަދި މަސައްކަތް ކުރިއަށްދާ ސްޕީޑް ވެސް ރަނގަޅު ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 122،659 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތާއި، 95،239 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި، 27،450 އަކަ މީޓަރުގެ ސަރަހައްދެއްގައި ދުވާރު ހެދުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމާއި، 19،940 މީޓަރުގެ ސަރަހައްދެއްގައި ފެންހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިމަޝްރޫއު ނިންމުމަށް ކަނޑައަޅާފައިވާ ތާރީހަކީ 31 ޑިސެންބަރު 2020 އެވެ.

- ކޮމެންޓް