ކ. މާލެ
|
17 ޑިސެންބަރ 2020 | ބުރާސްފަތި 08:16
އެބިދޭސީއަށް ފަރުވާ ދެމުންދަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި
އެބިދޭސީއަށް ފަރުވާ ދެމުންދަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި
ރާއްޖެއެމްވީ
ތޫނު އެއްޗަކުން ހަމަލާދިނުން
މާލޭގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި
ހަމަލާ ދީފައިވަނީ އަންގާރަ ދުވަހުގެ ރޭ 22:05 ހާއިރު
ހަމަލާ ދިނީ ވެސް ބިދޭސީއެއް ކަމަށް މައުލޫމާތު ލިބޭ
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން

މާލޭގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ ފިޔާތޮށި ގޯޅީގައި ތޫނު އެއްޗަކުން ބިދޭސީއަކަށް ހަމަލާ ދީފައިވާކަމަށެވެ. އަދި މި މައުލޫމާތު އަންގާރަ ދުވަހުގެރޭ 22:05 ހާއިރު ލިބިފައިވާ ކަމަށެވެ.

ލިބުނު ޒަހަމްތަކާއި ގުޅިގެން އެމީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެމީހާއަށް ހަމަލާދީފައިވަނީ ވެސް ބިދޭސީއެކެވެ. އަދި ހަމަލާ ދިނުމަށްފަހު އެމީހާ ފިލާފައިވާ ކަމަށެވެ.

މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

- ކޮމެންޓް