ކޮވިޑް-19 އަށް އިތުރު 13 މީހުން ޕޮޒިޓިވްވެ، 29 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން އެންމެ ފަހުން ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން ހޯމަ ދުވަހުގެ ހަވީރު 06:00 އިން ފެށިގެން އަންގާރަ ދުވަހުގެ ހަވީރު 06:00 އާއި ހަމައަށް ރާއްޖެއިން 2،754 މީހެއްގެ ގައިން ކޮވިޑް ސާމްޕަލް ނަގާފައިވާއިރު އޭގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ 13 މީހުންނެވެ.
ރާއްޖެއިން އެންމެ ފަހުން ރިޕޯޓް ކުރެވުނު އަދަދުތަކާ އެކު މި ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދުތައް ވަނީ އަނެއްކާވެސް ދަަށަށް ގޮސްފައެވެ. އެގޮތުން މި ވަގުތު 557 މީހަކަށް މި ބަލި ޖެހިގެން ފަރުވާދެމުން އަންނައިރު، އޭގެ ތެރެއިން 61 މީހަކަށް ފަރުވާދެމުން އަންނަނީ 61 މީހަކަށެވެ.
ރާއްޖެއިން މިހާތަނަށް 13،392 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އޭގެތެރެއިން 12،760 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. ރާއްޖެއިން މިހާތަނަށް 48 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.