ކ. މާލެ
|
15 ޑިސެންބަރ 2020 | އަންގާރަ 22:40
އެމްއެންޑީއެފް ކޯސްޓްގާޑަށް ސައިކަލު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އެމްއެންޑީއެފް ކޯސްޓްގާޑަށް ސައިކަލު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އެމްއެންޑީއެފް
އެމްއެންޑީއެފް ކޯސްޓް ގާޑް
ލިޓަސް އިން އެމްއެންޑީއެފް ކޯސްޓްގާޑަށް ހަތަރު ސައިކަލު ހަދިޔާކޮށްފި
ލިޓަސް މޯލްޑިވްސްގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް ހަތަރު ސައިކަލު ވަނީ ހަދިޔާ ކޮށްފައި
މިއީ ލިޓަސް މޯލްޑިވްސްގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން ހަދިޔާކުރި ސައިކަލް ތަކެއް

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސައިކަލު ވިޔަފާރި ކުރާ ލިޓަސް މޯލްޑިވްސްގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް ހަތަރު ސައިކަލު ހަދިޔާކޮށްފިއެވެ.

މި ކަމަށްޓަކައި ހުޅުމާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލެވެ. އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ ކޯސްޓްގާޑް ކޮމަޑާންޓް ކާނަލް މުހައްމަދު ސަލީމެވެ. އަދި ލިޓަސް މޯލްޑިވްސްގެ ފަރާތުން އެމްއެންޑީއެފަށް މި ތަކެތި ހަވާލުކޮށްދެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ އަހުމަދު ޒާހިރުއެވެ.

މި ރަސްމިއްޔާތުގައި ލިޓަސް މޯލްޑިވްސްގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް ސައިކަލް ހަދިޔާކުރުމާ ގުޅިގެން އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަރާތުން ވަނީ ލިޔުމެއް ހަވާލުކޮށްފައެވެ. މި ލިޔުން ލިޓަސް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރާ ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލެވެ.

މި ރަސްމިއްޔާތުގައި ކޯސްޓްގާޑް ކޮމަޑާންޓް ކާނަލް މުހައްމަދު ސަލީމްގެ އިތުރުން ލިޓަސް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރ އަހުމަދު ޒާހިރު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ލިޓަސް މޯލްޑިވްސްގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް މި ހާދިޔާ ކުރި ސައިކަލްތަކަކީ ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިން ކުރަމުން ގެންދާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ލިޓަސް މޯލްޑިވްސްގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން ހަދިޔާކުރި ސައިކަލް ތަކެކެވެ.

ލިޓަސް މޯލްޑިވްސްގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް ހަދިޔާ ކޮށްފައިވަނީ އެ ކުންފުނިން އަލަށް ރާއްޖޭގެ ބާޒާރުގައި ވިއްކަން ފަށާފައިވާ ހައޯޖޫ 125 ސީސީ ބްރޭންޑްގެ ސައިކަލެވެ.

- ކޮމެންޓް