ކ. މާލެ
|
15 ޑިސެންބަރ 2020 | އަންގާރަ 13:09
މީޑިއާ ކައުންސިލަށް އަލަށް ހޮވުނު މެމްބަރުންގެ ބައްދަލުވުން
މީޑިއާ ކައުންސިލަށް އަލަށް ހޮވުނު މެމްބަރުންގެ ބައްދަލުވުން
އެމްއެމްސީ
އެމްއެމްސީ
މީޑިއާ ކައުންސިލްގެ ރައީސަކަށް ޝަހުބާން، ނައިބު ރައީސަކަށް ސަގީފް
ރައީސްގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލި
ޝަހުބާނަށް 6 ވޯޓު ލިބުނު
ނައިބު ރައީސަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުމުގެ އެ މަގާމަށް ކުރިމަތިލެއްވީ ތިލަދުން ނޫހުގެ ހުސެއިން ސަފީގު އެކަނި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސްގެ މަގާމަށް ސަންގުޓީވީގެ ޝަހުބާން ފަހުމީ އަދި ނައިބް ރައީސަކަށް ތިލަދުން ނޫހުގެ ހުސެއިން ސަގީފް އިންތިހާބުވެއްޖެއެވެ.

އިންތިހާބުގައި ރައީސްގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތި ލައި 1 ވޯޓުން ޕީއެސްއެމްގެ އަލީ ހުސެއިންގެ މައްޗަށް ޝަހުބާން ވަނީ ކުރިހޯދައިފިއެވެ. ޝަހުބާނަށް 6 ވޯޓު ލިބުނު އިރު އަލީ ހުސައިންއަށް ލިބުނީ 5 ވޯޓެވެ. ދެން ކުރިމަތިލީ އަމިއްލަ ގޮތުން ކައުންސިލަށް އިންތިހާބުވި ޝަފާއު ހަސަންއެވެ. އޭނާއަށް ވަނީ 3 ވޯޓު ލިބިފައެވެ.

ނައިބު ރައީސަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުމުގެ އެ މަގާމަށް ކުރިމަތިލެއްވީ ތިލަދުން ނޫހުގެ ހުސެއިން ސަފީގެވެ. އޭނާ އަށް ވަނީ 14 ވޯޓު ލިބިފައެވެ.

މީޑިއާ ކައުންސިލުގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ ދަށުން އިންތިހާބުކޮށްފައިވާ މީޑިއާ ކައުންސިލްގެ ފަސް ވަނަ ދައުރު ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށް ހަމަވެފައިވުމާއެކު އެ ކައުންސިލަށް އަލުން މެންބަރުން އިންތިހާބުކުރުމަށް އިންތިހާބު ބާއްވާފައިވަނީ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުގައެވެ.

އެގޮތުން މީޑިއާގެ މެންބަރުކަމަށް އަލީ ހުސައިން (152 ވޯޓު)، މުޢިއްޒު އިބްރާހިމް (99 ވޯޓު)، އާދަމް ނަވާޒް (92 ވޯޓު) ގެ އިތުރުން ހަސަން ޝާކިރު މުުހައްމަދު (88 ވޯޓު)، އާދަމް ނަޒީރު (97 ވޯޓު)، ޝަހުބާން ފަހުމީ (94 ވޯޓު) އަދި ހުސައިން ޘަގީފް (97 ވޯޓު) ވަނީ އިންތިހާބު ވެފައެވެ.

އަދި އިންތިހާބުވި އާއްމު މެންބަރުންނަކީ އަންވަރް ހުސައިން (112 ވޯޓު)، އިބްރާހިމް ފައުޒީ (99 ވޯޓު)، ޝަފާތް ހަބީބް (83 ވޯޓު) ގެ އިތުރުން މުހައްމަދު ޝަފާއު ހަސަން (82 ވޯޓު)، ފާތިމަތު އަހުމަދު (142 ވޯޓު) އަދި އަހުމަދު މޫސާ (90 ވޯޓެ)ވެ.

މޯލްޑިވްސް މީޑިއާ ކައުންސިލް އެކުލެވިގެންވަނީ 13 މެންބަރުންގެ މައްޗަށެވެ. އެއީ މީޑިއާގެ 7 މެންބަރުންނާއި އާންމުންގެ 6 މެންބަރުންގެ މައްޗަށެވެ.

- ކޮމެންޓް
15 ޑިސެންބަރ 2020 | އަންގާރަ 16:00
ސަފީގު ޝަޤީފް ޘަޤީފް ކޮބާ އަސްލު ރަނގަޅު މީހަކީ؟ ޘަޤީފް ހެން ހީވަނީ