ކ. މާލެ
|
15 ޑިސެންބަރ 2020 | އަންގާރަ 12:18
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި ރައީސް ސޯލިހު
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި ރައީސް ސޯލިހު
ރައީސް އޮފީސް
ލަންކާ މުސްލިމުންގެ ހަށިތައް އަންދާ މައްސަލަ
ކޮވިޑްގައި މަރުވާ ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލާން ގާސިމްވެސް ތާއީދު
މުސްލިމުންގެ ހަށިތައް ންދާނަމަ ރާއްޖެއިން އެކަމަށް ކޮށްދެވެން އޮތްކަމެއް ރައްކާތެރިކަމާއި އެކު ދީނުގައިވާގޮތަށް ކޮށްދެއްވުމަކީ އެންމެ އެދެވިގެންވާގޮތް
އިންސާނީ ހައްގުތަކުގެ ހަމައިން ބެލިޔަސް އެމީހުންނަށް ލިބެންޖެހޭ ލާޒިމް ހައްގެއް
ގާސިމް ވަނީ އެކަމަށް ތާއިދުކޮށްފައި

ކޮވިޑް-19 ޖެހިގެން އަވައްޓެރި ސްރީލަންކާގައި ނިޔާވަމުން އަންނަ މުސްލިމުން ރާއްޖޭގައި ވަޅުލުމުގެ ކަންކަން ހަމަޖައްސަން ތާއީދުކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ލަންކާގައި ވައިރަސް ޖެހިގެން މަރުވާ މުސްލިމުން ރާއްޖެ ގެނެސް ވަޅުލުމާއި މެދު އިލްމުވެރިންގެ މެދުގައިވެސް ހިޔާލުތަފާތުވުންތަކެއް އުފެދިފާއިވާއިރު މިކަމާއި ގުޅިގެން ސަރުކާރު ކޯލިޝަންގެ އެމްއާރުއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްވެސް ވަނީ އެކަމަށް ތާއިދުނުކުރައްވާކަމަށް ވިދާޅުވެފަ އެވެ.

މިކަމާއި ގުޅިގެން، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުންގެ ޖަނާޒާގެ ކަންކަން ދީނުގައިވާ ގޮތަށް ކުރުމަށް ފުރުސަތު ނުލިބިގެން ހަށިތައް އަންދާނަމަ ރާއްޖެއިން އެކަމަށް ކޮށްދެވެން އޮތްކަމެއް ރައްކާތެރިކަމާއި އެކު ދީނުގައިވާގޮތަށް ކޮށްދެއްވުމަކީ އެންމެ އެދެވިގެންވާގޮތް ކަމަށެވެ. އެގޮތުން، ބަލީގައި މަރުވާ މީހުންގެ ޖަނާޒާގެ ކަންކަން ކުރުމުގެ ހައްގު ދިނުމަކީ ބައިނަލްއަގްވާމީ ގޮތުން ނާއި، އިންސާނީ ހައްގުތަކުގެ ހަމައިން ބެލިޔަސް އެމީހުންނަށް ލިބެންޖެހޭ ލާޒިމް ހައްގެއްކަމަށް ގާސިމްގެ ޓުވީޓުގައި ވަނީ ފާހަގަކުރައްވާފަ އެވެ.

ކޮވިޑް-19 ޖެހިގެން ލަންކާގައި ނިޔާވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ފުރިހަމަކުރުމަށް ލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަން ފާހަގަކުރައްވައި ލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީފުޅެއްގައި ކޮވިޑް-19 ޖެހިގެން ލަންކާގައި ނިޔާވާ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯދުމަށް އެދުމުން މިކަމާ ގުޅޭގޮތުން ސަރުކާރުން މަޝްވަރާކުރައްވާ ކަމަށް ހާމަކުރުމުން ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ވަނީ އެކަމަށް ތާއިދު ކުރައްވާފަ އެވެ.

ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުންގެ ހަށިގަނޑު އަންދަމުންދާތީ، އެކަމުގެ ކަންބޮޑުވުންތައް ލަންކާގައި އަންނަނީ ފާޅު ކުރަމުންނެވެ. ހާއްސަކޮށް އެ ގައުމުގެ ބައިމަދު މުސްލިމް އާބާދީގެ މެދުގައި މިކަމުގެ ނުތަނަވަސްކަން އުޅޭއިރު، މިއީ ލަންކާގެ ގާނޫނު އަސާސީން އެ މީހުންނަށް ލިބިދީފައިވާ ހައްގެއް ނިގުޅައިގަތުމުގެ އަމަލެއްގެ ގޮތުގައި ލަންކާ މުސްލިމުން އަންނަނީ ސިފަކުރަމުންނެވެ.

- ކޮމެންޓް
15 ޑިސެންބަރ 2020 | އަންގާރަ 13:21
ކޮން ވިސްނުމެއްގަ ކަމެއް ނޭގުން ބުރުމާ އެކަމަށް ތާއީދް ކުރެއްވީ!!!! ދުނިޔޭގެ އާޖްފާޖް ދަންނަ އެކަަކުވެސް އެކަމަށް ތާއީދެއް ނުކުރާނެ!!! އެއި ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން!!!! ލަންކާގަ ބިން ކުޑަެއެއްނޫން!!! ލާންކާ ރައްޔިތުން ވަޅުލުން އެއްމެ އައުލާކަން ބޮޑި ހަމަ ލަންކާގަ!!!