ކ. މާލެ
|
14 ޑިސެންބަރ 2020 | ހޯމަ 15:55
ލަންކާގައި ކޮވިޑްގެ ކޭސްތައް ދަނީ އިތުރުވަމުން
ލަންކާގައި ކޮވިޑްގެ ކޭސްތައް ދަނީ އިތުރުވަމުން
އޭއެފްޕީ
ޖަނާޒާގެ ކަންކަމުގައި ލަންކާއަށް އެހީތެރިވުން
ކޮވިޑް ޖެހިގެން މަރުވާ ލަންކާ މުސްލިމުންގެ ޖަނާޒާ ރާއްޖޭގައި ބޭއްވޭނެ ގޮތެއް ހަދައިދޭން އެދިއްޖެ
އިސްލާމީ އުޚުއްވަތްތެރިކަން ދަމަހައްޓާނެ
ރާއްޖެއާ ލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިއާޔަތް ކުރާނެ
އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް މިހާރު ދަނީ މަޝްވަރާތައް ކުރަމުން

ކޮވިޑް-19 ޖެހިގެން ސްރީލަންކާގައި ނިޔާވާ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ލަންކާގެ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާތީ ދިވެހިރާއްޖޭގެ އެހީތެރިކަމަށް އެދިއްޖެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ކޮވިޑް-19 ޖެހިގެން ލަންކާގައި ނިޔާވާ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށާއި، ދިވެހިރާއްޖޭގައި ސްރީލަންކާގެ މިފަދަ މުސްލިމުންނަށް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ.

މި ސިޓީފުޅާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަގުސަދުގައި، އަދި ރާއްޖެއާ ލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ދިވެހި ސަރުކާރުން ރިއާޔަތްކުރާނެ ކަމަށެވެ. އަދި ލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ޚާއްސަ އެހީތެރިކަމެއްގެ ގޮތުގައި ލަންކާގެ ރައީސްގެ މި ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ވެސް ރައީސް ސޯލިހު ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާ ކުރަމުން ގެންދަވާ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

- ކޮމެންޓް