ކިންގްޑަމް އޮފް އެސްވާޓީނީގެ ބޮޑުވަޒީރު އެމްބްރޯސް މަންޑްވުލޯ ޑްލަމިނީ އަވަހާރަވުމާ ގުޅިގެން އެސްވާޓީނީގެ އެސްވާޓީނީގެ ރަސްގެފާނު މްސްވަޓީ III އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަޢުޒިޔާ ވިދާޅުވެ، މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ބޮޑުވަޒީރު އެމްބްރޯސް މަންޑްވުލޯ ޑްލަމިނީ އަވާހަރަވުމުގެ ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކު ކަމުގައި ވިދާޅުވެ، އެސްވާޓީނީގެ ތަރައްގީއާއި ހަމަޖެހުމަށް ބޮޑުވަޒީޒު ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްޕުޅު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެސްވާޓީނީގެ ބޮޑުވަޒީރު އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ރައްޔިތުންނާއި ސަރުކާރާއި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެސްވާޓީނީގެ ރަސްގެފާނަށާއި، ރައްޔިތުންނަށާއި، ޚާއްސަކޮށް ބޮޑުވަޒީރުގެ އާއިލާގެ ބޭފުޅުންނަށް އިޚްލާސްތެރި ތައުޒިޔާ ފޮނުއްވާފައިވެއެވެ.