ކ. މާލެ
|
14 ޑިސެންބަރ 2020 | ހޯމަ 12:57
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޕަރމަނަންޓް ސެކެރެޓަރީ އަބްދުﷲ ފަޔާޒް (ކ)
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޕަރމަނަންޓް ސެކެރެޓަރީ އަބްދުﷲ ފަޔާޒް (ކ)
ސަން އޮންލައިން
ޓްރާންސްޕޯޓް މިނިސްޓްރީ
ޓްރާންސްޕޯޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ފަޔާޒުގެ މައްސަލައެއް ނެތްކަމަށް ސީއެސްސީން ނިންމައިފި
ސީއެސްސީއަށް ހުށަހެޅުނު އެމައްސަލަތަކާ ގުޅިގެން ފަޔާޒު ގޭގައި މަޑުކުރަން ސީއެސްސީން އެންގި
ތަހުގީގު ކޮމެޓީން ނިންމާފައިވަނީ ތުހުމަތު ކުރެވޭ މައްސަލަތައް ފަޔާޒުގެ މައްޗަށް ސާބިތުނުވާ ކަމަށް އަދި ސިވިލް ސަރވިސް ކޮމިޝަނުން ވަނީ އެކަން އެންޑޯޒު ކޮށްފައި

ޓްރާންސްޕޯޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަބްދުﷲ ފަޔާޒު އާގުޅޭގޮތުން ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އަށް ހުށަހެޅިފައިވާ މައްސަލަތައް އޭނާގެ މައްޗަށް ސާބިތުނުވާކަމަށް އެކޮމިޝަނުން ނިންމައިފި އެވެ.

ސީއެސްސީން ފަޔާޒަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ، އެ ކޮމިޝަނަށް ހުށަހެޅުނު މައްސަލަތައް ތަހުގީގު ކުރުމަށްޓަކައި، އެކޮމިޝަނުން އެކުލަވާލި ތަހުގީގު ކޮމެޓީން އެމައްސަލަތައް ތަހުގީގުކޮށް ނިންމާފައިވާ ކަމަށެވެ. އެގޮތުން، ފަޔާޒުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލަތައް ބޮޑަށް ބުރަވެވޭ މިންގަނޑުން ބަލާއިރު، ފަޔާޒުގެ މައްޗަށް ސާބިތުނުވާކަމަށް ތަހުގީގުން ނިންމާފައިވާ ކަމަށެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުން އެކަން އެންޑޯޒްކޮށްފައިވާ ކަމަށްވެސް ފަޔާޒަށް އެކޮމިޝަނުން ފޮނުވާފައިވާ ސިޓީގައި ބަޔާން ކޮށްފައި ވެއެވެ.

ފަޔާޒުގެ އެ މައްސަލަތައް ސީއެސްސީއަށް ހުށަހެޅުމާއެކު މިއަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު އޭނާ ގޭގައި މަޑުކުރަން އަންގައި، ސިވިލް ސަރވިސް ކޮމިޝަނުން ބަޔާނެއް ނެރެފައި ވެއެވެ. އޭގައި ވަނީ ފަޔާޒްގެ ކޮރަޕްޝަންގެ މައްސަލަތަކެއް އެ މިނިސްޓްރީގެ މުވައްޒަފަންތަކެއް ސިވިލް ސަރވިސް ކޮމިޝަން އަދި އޭސީސީ އަށް ހުށަހަޅައިފައިވާކަމަށާއި، އެ މައްސަލަތައް ތަހުޤީޤު ކުރަމުންދާތީ، މުސާރަ ލިބޭ ގޮތަށް 30 ދުވަހަށް އޮފީހަށް ނިކުތުން މަނާ ކުރުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

ސިވިލް ސަރވިސް ކޮމިޝަނުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް އަބްދުﷲ ފަޔާޒް އައްޔަން ކޮށްފައިވަނީ އޭޕްރިލް 2019 ގައެވެ.

- ކޮމެންޓް