ކ. މާލެ
|
13 ޑިސެންބަރ 2020 | އާދީއްތަ 05:23
މަނަފަރު ރިސޯޓް، މަނަފަރު ރިސޯޓްގެ އިންޖީނުގޭގައި ވަނީ އަލިފާން ރޯވެފައި
މަނަފަރު ރިސޯޓް، މަނަފަރު ރިސޯޓްގެ އިންޖީނުގޭގައި ވަނީ އަލިފާން ރޯވެފައި
ޓްވިޓަރ
މަނަފަރު ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގުން
މަނަފަރު ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
މިހާދިސާގެ މައުލޫމާތު ލިބިފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ފަތިހު 4:30ގައި
އަލިފާން ނިއްވުމަށް އެމްއެންޑީއެފުން ދަނީ ހަރަކާތްތެރިވަމުން

ހއ. މަނަފަރު ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ މަނަފަރު ރިސޯޓްގެ އިންޖީނުގޭގައި އަލިފާން ރޯވުމުގެ ސަބަބުން އެމްއެންޑީއެފް ނޮދަން އޭރިއާގެ ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވަމުންދާކަމަށެވެ.

އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފްގެ ފަޔަރ ޓީމުން ކުރަމުންދާއިރު، އަދި އަލިފާން ކޮންޓްރޯލް ކުރެވިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ފަތިހު 4:30 ހާއިރުއެވެ.

- ކޮމެންޓް