ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދިވެއްސަކު ހުކުރު ދުވަހު ނިޔާވެއްޖެއެވެ.
އެކަމާ ގުޅޭގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ނިޔާވެފައިވަނީ އުމުރުން 69 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އޭނާ ނިޔާވީ ހުކުރު ދުވަހުގެ ހެނދުނު 09:34 ހާއިރު ކަމަށާއި، ނިޔާވިއިރު ފަރުވާ ހޯދަމުން ގެންދިޔައީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11 ގައި ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.
ރާއްޖެއިން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމުލަ އަދަދު މި ވަނީ 48ށް އަރާފައެވެ.
މިހާތަނަށް ރާއްޖެއިން މި ބަލި ޖެހިގެން ނިޔާވެފައިވަނީ 40 ދިވެހިންނާއި 8 ބިދޭސީއެކެވެ.
ރާއްޖެއިން މިހާތަނަށް 48 މީހުން މި ބަލީގައި ނިޔާވެފައިވާއިރު، މިހިނގާ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުވެސް ދިވެއްސަކު ނިޔާވެފައިވެއެވެ. އެޗްޕީއޭއިން މައުލޫމާތު ދޭ ގޮތުގައި އޭނާއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ 75 އަހަރުގެ ދިވެއްސެކެވެ.