ކ. މާލެ
|
10 ޑިސެންބަރ 2020 | ބުރާސްފަތި 18:13
އައްޑޫ ސިޓީ ކައުންސިލް އިދާރާ، ދާއިމީ ލިސްޓް ވަނީ ގެޒެޓް ކުރެވިފައި
އައްޑޫ ސިޓީ ކައުންސިލް އިދާރާ، ދާއިމީ ލިސްޓް ވަނީ ގެޒެޓް ކުރެވިފައި
އައްޑޫ ސިޓީ ކައުންސިލް
އައްޑޫސިޓީ މަރަދޫއިން ގޯތި ދޫކުރުން
މަރަދޫއިން ގޯތި ދޫކުރުން: ޕޮއިންޓް ލިބުނު ގޮތުގެ ދާއިމީ ލިސްޓް އާންމުކޮށްފި
މަރަދޫއިން ދޫކުރުމަށް ހަމަޖެހިފައިވަނީ 30 ގޯތި
ޕޮއިންޓްގެ ގޮތުން އެވަރުވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގާނެ
ދެމަފިރިން ގޯތިލިބޭ ވަރަށް ޕޮއިންޓް ލިބިފައިވާނަމަ، ގޯތި ލިބޭނީ ދެމަފިރިންކުރެ ކޮންމެވެސް އެއްފަރާތަކަށް

އައްޑޫސިޓީގެ މަރަދޫ އަވަށުން ދޫކުރުމަށް ހަމަޖެހިފައިވާ 30 ގޯތްޗަށް އެދުނު ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ދާއިމީ ލިސްޓް އާންމުކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލް އިދާރާއިން ބުނީ މަރަދޫ އަވަށުން ދިރިއުޅުމަށް ދޫކުރުމަށް ހަމަޖެހިފައިވާ 30 ބަންޑާރަ ގޯއްޗަށް އެދި ހުށަހެޅި ފޯމްތައް އިވެލުއޭޓްކޮށް ޕޮއިންޓް ދެވުނު ގޮތުގެ ވަގުތީ ލިސްޓް އާއްމުކުރުމަށް ފަހު ޝަކުވާ ހުށަހެޅުމަށް ހުޅުވާލުމުން، ހުށަހެޅުނު ޝަކުވާތަކަށް ރިއާޔަށްކޮށް، ގޯތްޗަށް އެދުނު ފަރާތް ތަކަށް ޕޮއިންޓް ދެވުނު ގޮތުގެ ދާއިމީ ލިސްޓް އާއްމުކޮށްފައިވާ ކަމަށެވެ.

ގޯތްޗަށް އެދުނު ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ދާއިމީ ލިސްޓް ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިއުކޮށްފައެވެ. އަދި މިލިސްޓް އިދާރާގެ ވެބްސައިޓްwww.adducity.gov.mvގައި ޝާއިއުކުރެވި، އަވަށު އޮފީސްތަކާއި އިދާރާގެ ނޯޓިސް ބޯޑުގައި ވެސް ބައްހައްޓާފައިވާ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ ޕޮއިންޓްގެ ގޮތުން އެވަރުވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ލުމަށް ފަހު ގޯތި ލިބޭ 30 ފަރާތުގެ ލިސްޓް އާއްމު ކުރެވޭނެ ކަމަށެވެ.

ކައުންސިލުން ބުނީ ދެމަފިރިން ގޯތިލިބޭ ވަރަށް ޕޮއިންޓް ލިބިފައިވާނަމަ، ގޯތި ލިބޭނީ ދެމަފިރިންކުރެ ކޮންމެވެސް އެއްފަރާތަކަށް ކަމަށެވެ. މިކަން ނިންމާނީ ދެމަފިރިންގެ މެދުގައި މަޝްވަރާ ކުރުމަށް ދެފަރާތް އެއްބަސް ވާގޮތެއްގެ މަތިން އައްޑޫ ސިޓީ ކައުންސިލުންނެވެ.

- ކޮމެންޓް