ކ. މާލެ
|
10 ޑިސެންބަރ 2020 | ބުރާސްފަތި 18:20
ރ. ފުއްގިރި ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި އެންމެފަހުން ބޭއްވި އަޑުއެހުމުގެ ތެރެއިން
ރ. ފުއްގިރި ހިޔާނާތުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި އެންމެފަހުން ބޭއްވި އަޑުއެހުމުގެ ތެރެއިން
މުހައްމަދު ފަޒީން
ރައީސް ޔާމީންގެ ވަކީލުންގެ ބައްދަލުވުން
އުސޫލާއި އެއްގޮތަށް ޕީސީއާރު ޓެސްޓް ހުށަހެޅުމުން ވަކީލުންނަށް ރައީސް ޔާމީނާ ބައްދަލު ކުރެވޭނެ: ކަރެކްޝަންސް
މިހާރު ރައީސް ޔާމީނާއި ވަކީލުން ބައްދަލު ނުކުރެވިގެން އުޅުއްވަނީ ޕީސީއާރު ޓެސްޓް ނުހަދާ ހުށަހަޅުއްވާފައިވާތީ
އެޗްޕީއޭއިން ބުނަނީ، ކުރު މުއްދަތަށް މާލެއިން އަތޮޅު ތެރެއަށް ދަތުރުކުރާ މީހުން ވެސް 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ނަތީޖާއެއް ހުށަހަޅަން ޖެހޭނެ ކަމަށް

ކޮވިޑް-19ގެ ހާލަތާ ގުޅިގެން އަމަލުކުރަން ހެލްތު ޕްރޮޓެކްޝަންސް އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ އުސޫލާ އެއްގޮތަށް ޕީސީއާރު ޓެސްޓު ހުށަހެޅުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުންނަށް އެމަނިކުފާނާ ބައްދަލުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (ކަރެކްޝަންސް)އިން ބުނެފި އެވެ.

ކަރެކްޝަންސްއިން މިހެން ބުނެފައި މިވަނީ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންނަށް ރައީސް ޔާމީނާއެކު ބައްދަލު ކުރުމުގެ ފުރުސަތު ދިނުމަށް ކަރެކްޝަނުން ހުރަސް އަޅާކަމަށް ބުނެ، ގާނޫނީ ވަކީލު އާދަމް ޝަމީމު ކުރެއްވި ޓްވީޓަކާ ގުޅިގެން ނެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގެ ވަކީލު އާދަމް ޝާމީމު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ، ރައީސް ޔާމީނަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދައުލަތުން ދަނީ ތަކުރާރުކޮށް ހުރަސް އަޅަމުން ކަމަށާއި ބުދަ ދުވަހުގެ ވަކީލު ބައްދަލުވުން ދިނުމަށް ކުއްލިއަކަށް އާ ޝަރުޠެއް ކުރިމަތި ކުރުމުން ބުދަ ދުވަހު ވެސް ރައީސް އާ ބައްދަލު ކުރެވޭ ގޮތެއް ނުވިކަމަށް ކަމަށެވެ. އަދި މިކަން ކުރުމަށް ލައްކަ ގިނަ ގޮންޖެހުން އެބަހުރި ކަމަށް ޝަމީމު ވިދާޅުވެފައި ވެއެވެ.

މިކަމާ ގުޅިގެން ރާއްޖެއެމްވީން ގުޅުމުން ކަރެކްޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ޑިސެމްބަރު މަހުގެ ތެރޭގައި އެޗްޕީއޭއިން ކަނޑައަޅާފައިވާ އާ އުސޫލަށް އަމަލު ކުރަމުންދާތީ، ވަކީލުންގެ ބައްދަލުވުންތައްވެސް ހަމަޖެހޭނީ އެ އުސޫލްގެ ދަށުން ކަމަށެވެ. އެގޮތުން، ޕީސީއާރު ޓެސްޓް ހުށަހެޅުމުން އޮންނަ އުސޫލްގެ ދަށުން ރައީސް ޔާމީނާ ވަކީލުނަށް ބައްދަލު ކުރެވޭނެ ކަމަށެވެ.

ކޮވިޑް-19އާ ގުޅިގެން ކަރަންޓީންވާން ޖެހޭ 14 ދުވަހުގެ މުއްދަތު 10 ދުވަހަށް ކުރުކޮށް، އެޗްޕީއޭ އިން އާންމުކުރި އުސޫލުގައި ބުނެފައި ވަނީ ކޮންމެހެން ދޭން ޖެހޭ ހިދުމަތެއް ދިނުމަށާއި މަޝްރޫއުތަކުގެ މަސައްކަތް ހިންގުމަށް ހުއްދަ ލިބިގެން ކުރު މުއްދަތަށް މާލެއިން އަތޮޅު ތެރެއަށް ދަތުރުކުރާ މީހުން ވެސް 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ނަތީޖާއެއް ހުށަހަޅަން ޖެހޭނެ އެވެ.

ކަރެކްޝަންސް އޮފިޝަލް ވިދާޅުވީ، މާލޭގައި ތިއްބަވާ ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް ވެސް މާފުށީ ޖަލަށް ދެވެނީ 72 ގަޑިއިރު ނުވާ ޕީސީއާރު ޓެސްޓެއް ހުށަހަޅައި ކައުންސިލްގެ ހުއްދައާ އެކުގަ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން މަނީ ލޯންޑަރ ކުރުމުގެ ކުށް ސާބިތުވެ 5 އަހަރުގެ ޖަލު ހުކުމެއް ކ. މާފުށި ޖަލުގައި ތަންފީޒު ކުރައްވަމުންގެންދަވާ ކުރީގެ ރައީސް ޔާމީން އާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުންނާ އެކަށީގެވާ ގޮތެއްގައި ބައްދަލު ނުކުރެވޭކަން ފާހަގަކޮށް ތަކުރާރުކޮށް، ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ކަރެކްޝަންސްއިން ބުނަމުންދަނީ ކަނޑައެޅިފައި އޮންނަ އުސޫލްގެ ދަށުން ވަކީލުންގެ ބައްދަލުވުމަށް ހުށަހެޅުމުން އެކަން ހަމަޖެހޭނެ ކަމަށެވެ.

- ކޮމެންޓް