ކ. މާލެ
|
9 ޑިސެންބަރ 2020 | ބުދަ 23:18
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ވަނީ ހަރުދަނާ ގަވައިދުތަކެއް ހެދިފަ
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ވަނީ ހަރުދަނާ ގަވައިދުތަކެއް ހެދިފަ
ރާއްޖެއެމްވީ
ކޯވިޑް-19
ފާއިތުވި 24 ގަޑިއިރު ރާއްޖެއިން 26 މީހަކު ޕޮޒިޓިވް
ނިމިދިޔަ 24 ގަޑިއިރު ތެރޭގައި 1،728 ސާމްޕަލް ޓެސްޓުކޮށްފައިވޭ
އަލަށް ޕޮޒިޓިވް މީހުންނަކީ މާލޭ ސަރަހައްދުން ޕޮޒިޓިވްވި 23 މީހުން
ޕޮޒިޓިވްވެފައި ވަނީ މާލޭ ސަރަހައްދުން 23، ރިސޯޓުތަކުން 1، އަދި ފަތުރުވެރިކަމަށް ބޭނުންކުރާ ސަފާރީ ޔޮޓުފަދަ އުޅަނދުތަކުން 2 މީހުން

ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ ސަރަޙައްދު 26 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީ) އިން ހާމަކޮށްފިއެވެ.

އަންގާރަ ދުވަހުގެ އިރުއޮއްސި 06:00 އިން ބުދަ ދުވަހުގެ އިރުއޮއްސި 06:00 އާއި ދެމެދު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތަފާސްހިސާބުތައް އާންމުކޮށް، އެޗްޕީއޭއިން ހާމަކޮށްފައި ވަނީ ނިމިދިޔަ 24 ގަޑިއިރު ތެރޭގައި 1،728 ސާމްޕަލް ޓެސްޓުކޮށްފައިވާއިރު، އޭގެ ތެރެއިން 26 މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އަލަށް މިބައްޔަށް ޕޮޒިޓިވުވި މީހުންގެ ތެރޭގައި ހިމެނެނީ، މާލޭ ސަރަހައްދުން 23 މީހުންނާއި، ރިސޯޓުތަކުން އެކަކާއި، އަދި ފަތުރުވެރިކަމަށް ބޭނުންކުރާ ސަފާރީ ޔޮޓުފަދަ އުޅަނދުތަކުން 2 މީހުންނެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިބަލި ޖެހިގެން މިވަގުތު 68 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

ރާއްޖޭގައި މިހާތަނަށް 261،047 މީހަކު ކޮވިޑް-19 އަށް ޓެސްޓްކޮށް ސާމްޕަލް ނަގާފައިވާއިރު، މި ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 12،591 އެވެ. އޭގެ ތެރެއިން ފާއިތުވި 24 ގަޑިއިރު މި ބަލިން ރަނގަޅު ވެފައިވަނީ 104 މީހުންނެވެ.

ރާއްޖޭގައި މިހާތަނަށް މި ބަލީގައި 47 މީހަކު ވަނީ ނިޔާވެފައެވެ.

- ކޮމެންޓް