ކ. މާލެ
|
9 ޑިސެންބަރ 2020 | ބުދަ 18:51
ނައިބު ރައީސް ފައިސަލް ނަސީމް އައްޑޫ ފްލައިން ސްކޫލާ ގުޅޭގޮތުން މަޝްވަރާކުރައްވަނީ
ނައިބު ރައީސް ފައިސަލް ނަސީމް އައްޑޫ ފްލައިން ސްކޫލާ ގުޅޭގޮތުން މަޝްވަރާކުރައްވަނީ
ރައީސް އޮފީސް
ފްލައިންގ ސްކޫލުގެ މައްސަލަ
ފްލައިންގ ސްކޫލުގެ ދަރިވަރުންނަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ނައިބު ރައީސް އެދިވަޑައިގެންފި
އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރުން އަތުން ޑޮލަރުން ފީ ނަގާ
ރައްޔިތުން މަޖިލީހުގެ ސަމާލުކަމަށް މި މައްސަލަ އައިސްފައިވޭ
ދިވެހި ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދޭންޖެހޭ

އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ ފްލައިންގ ސްކޫލުގެ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލައަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ކިބައިން ނައިބު ރައީސް ފައިސަލް ނަސީމް އެދިވަޑައިގަންނަވައިފި އެވެ.

އެ މަނިކުފާނު މިކަމަށް އެދިވަޑައިގަންނަވާފައި ވަނީ، ބުދަ ދުވަހު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިކަމާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.

‎މި ބައްދަލުކުރެއްވުމުގައި އެންމެ އިސްކަމެއްގެ ގޮތުން ވާހަކަ ދެކެވިފައި ވަނީ، އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭ.އޭ.އޭ) ގައި ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމާއި ބެހޭ ގޮތުންނެވެ.

މަތީ ތަޢުލީމާއި ތަމްރީނުގެ އިތުރުން މީހުން ބިނާކުރުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއްދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެއްވާ ނައިބު ރައީސް ވިދާޅުވީ، އައްޑޫ ފްލައިން ސްކޫލުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ކޯސް އަވަސް ފުރުޞަތެއްގައި ނިންމޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކަމާގުޅުންހުރި އިދާރާތަކުން މަސައްކަތްކުރަންޖެހޭ ކަމަށެވެ.

‎މި މައްސަލައާމެދު އިތުރަށް ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، އެ މަރުކަޒުގައި ތަމްރީނު ފުރިހަމަކުރަމުންދާ ދަރިވަރުންގެ ތެރެއިން ގިނަ އަދަދެއްގެ ދަރިވަރުން އެ ކަމުގައި އެތައް އަހަރެއް ހޭދަކުރަން ޖެހިފައިވާކަމުގެ ޝަކުވާ އިތުރުވެފައިވާ ކަމަށާއި، އެ ކަމުގެ ސަބަބުން އެ ދަރިވަރުން ކުރަންޖެހިފައިވާ ހޭދަ އިތުރުވެގެން ގޮސްފައިވާ ކަމުގައެވެ.

އެހެންކަމުން، މި މައްސަލައަކީ ވީ އެންމެ އަވަސް ފުރުޞަތެއްގައި ހައްލު ބޭނުންވެފައިވާ މުހިންމު މައްސަލައެއްގެ ގޮތުގައި ސިފަކުރައްވާ، ނައިބު ރައީސް ވަނީ، އެ މަރުކަޒާއެކު މަޝްވަރާކޮށް، އެ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރެއްވުމަށް ކަމާގުޅޭ އިދާރާތަކުގައި އެދިވަޑައިގަންނަވާފައެވެ.

‎މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަނާއި، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ޢާއިޝަތު ނަޙުލާގެ އިތުރުން އެ މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

އައްޑޫ ސިޓީގައި ހިންގަމުންދާ ފްލައިން ސްކޫލުގެ މައްސަލަ ބޮޑުވެ އެ ސްކޫލުގެ ދަރިވަރުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ތަފާތު އެކި ހުށަހެޅުންތައް ހުށައަޅާފައިވާއިރު، އެކަމުގައި އެއްވެސް ހައްލެއް ލިބިފައިނުވާކަން ފާހަގަކޮށްލެވެ އެވެ.

އަދި މި ކަމުގެ ހުރި ކަންބޮޑުވުން ފްލައިން ސްކޫލުގެ ދަރިވަރުންގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ހިއްސާކުރުމުން، އެމަނިކުފާނު ވަނީ އެ މައްސަލައިގައި މަޖިލީހަށް ސިޓީއަކުން ދެންނެވުމުން އަވަސް ގޮތެއްގައި އެ މައްސަލަ ބައްލަވާނެ ކަމަށް ވިދާޅުވެފަ އެވެ.

- ކޮމެންޓް