ކ. މާލެ
|
9 ޑިސެންބަރ 2020 | ބުދަ 13:33
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުން ގައިދީއަކު އުފަލީ
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުން ގައިދީއަކު އުފަލީ
ކަރެކްޝަން ސަރވިސް
ޖަލުތަކުގައި ހުކުމް ތަންފީޒުކުރާ ގައިދީން
ނޮވެމްބަރު މަހު ޖަލަށްލީ މީހުންގެ އަދަދު މައްޗަށް، ގިނައީ ވައްކަމާއި ފޭރުމުގެ މައްސަލަތައް
އޮކްޓޯބަރު މަހު 46 މީހުން ވަނީ ޖަލަށް ލާފަ
ނޮވެމްބަރު މަހު ޖަލަށް ލާފައިވަނީ 56 މީހުން
އެންމެ ގިނަ އަދަދެއްގެ މީހުންނަސް ހުކުމް ކޮށްފައިވަނީ ވައްކަމާ، ފޭރުމުގެ މައްސަލަތަކުގަ

އޮކްޓޫބަރު މަހާ އަޅާބަލައިރު، އެކިއެކި މައްސަލަތަކާއި ގުޅިގެން ނޮވެމްބަރު މަހު ޖަލަށްލީ މީހުންގެ އަދަދު މައްޗަށް ހިނގައްޖެކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އަންގާރަ ދުވަހު ކަރެކްޝަނަލް ސަރވިސްއިން އާންމުކުރި ތަފާސްހިސާބު ދައްކާގޮތުން އޮކްޓޯބަރު މަހު 46 މީހުން ޖަލަށްލާފައިވާއިރު ނޮވެމްބަރު މަހު ޖަލަށްލާފައިވަނީ 56 މީހުންނެވެ. އޭގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މީހުން ޖަލަށްލީ ވައްކަމާއި، ފޭރުމުގެ މައްސަލަތަކުގައެވެ. އެއީ ޖަލަށްލީ މީހުންގެ 53.2 އިންސައްތަ (30 މީހުން) އެވެ.

ދެން އެންމެ ގިނަ އަދަދަކަށް ޖަލަށްލާފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައެވެ. އެއީ ޖަލަށްލީ މީހުންގެ 34.4 އިންސައްތަ (19 މީހުން) އެވެ. އޭގެ އިތުރުން ޖިންސީ ގޯނާގެ މައްސަލަތަކާ، އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލަތަކުގައި މީހުން ޖަލަށްލާފައިވެއެވެ.

ޖަލުން ދޫކޮށްލާފައިވާ މީހުންގެ އަދަދަށް ބަލާއިރު އޮކްޓޫބަރު މަހާ އަޅާބަލާއިރު ޖަލުން ދޫކޮށްލާފައިވާ މީހުންގެ އަދަދު ގިނައެވެ. އެގޮތުން އޮކްޓޫބަރު މަހު ޖަލުން ދޫކޮށްލާފައިވަނީ 28 މީހުންނެވެ. ނޮވެމްބަރު މަހު ޖަލުން ދޫކޮށްލީ 33 މީހުންނެވެ.

ކަރެކްޝަނުން ބުނީ، މާފުށި ޖަލުން 2287 ފޯން ކޯލް އާއި، މާލެ ޖަލުން 376 ފޯން ކޯލް، އައްސޭރި ޖަލުން 324 ކޯލްގެ އިތުރުން ހުޅުމާލެ ޖަލުން 312 ފޯން ކޯލް ގައިދީންނަށް ފަހިކޮށްދިންކަމަށެވެ. މީގެ ތެރޭގައި އާއިލާ މީހުންގެ ފޯން ކޯލް، ވަކީލުންގެ ފޯނު ކޯލުގެ އިތުރުން އެހެނިހެން ކޯލްތައްވެސް ހިމެނެއެވެ.

ނޮވެމްބަރު މަހު ޖަލުގެ އާބާދީ އަނެއްކާވެސް އިތުރުވެފައިވާއިރު، ޖަލުތަކުގެ އާބާދީ ބޮޑުވުމަކީ ހައްލެއް ބޭނުންވެފައި އޮތް ބޮޑު މައްސަލައެކެވެ. އެގޮތުން ދާދި ފަހުން ބޭއްވި ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ސެޝަންގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ޖަލުތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖަލުތައް ފުރި، ޖާގައަށް ވުރެ ޤައިދީން އިތުރުވާ މައްސަލަކަމަށެވެ.

- ކޮމެންޓް