ކ. މާލެ
|
9 ޑިސެންބަރ 2020 | ބުދަ 12:22
މާފުށީ ޖަލަށް ޑްރޯންގެ އެހީގައި އެތެރެ ކުރަން އުޅުނު ފޯނުތައް
މާފުށީ ޖަލަށް ޑްރޯންގެ އެހީގައި އެތެރެ ކުރަން އުޅުނު ފޯނުތައް
އަހުމަދު މުހައްމަދު ޓްވިޓަރ
ޖަލަށް ފޯނުތަކެއް އެތެރެ ކުރަން އުޅުން
ޑްރޯންއެއް ބޭނުން ކޮށްގެން މާފުށީ ޖަލަށް އެތެރެ ކުރަން އުޅުނު ފޯނުތަކެއް އަތުލައިގަނެފި
އޮކްޓޫބަރު މަހު ޖަލުތަކުގައި ހިންގި އޮޕަރޭޝަން ތަކުން މާފުށި ޖަލުން 30 ފޯނު އަތުލައިގެންފައިވޭ
ނޮވެމްބަރު މަހު ހިންގާފައިވާ އޮޕަރޭޝަންތަކުން މާފުށި ޖަލުން ހަތް ފޯނާ ފަސް ސިމް ކާޑު ވަނީ އަތުލައިގެންފަ
ކަރެކްޝަނުން އަންނަނީ އެ އިދާރާގެ ބެލުމުގެ ދަށުގައި ހުރި ޖަލުތަކަށް ގަވާއިދާ ޙިލާފަށް ވައްދާފައިހުރި ތަކެތި އަތުލައިގަންނަން ހަރަކާތްތަކެއް ހިންގަމުން

ޑްރޯންއެއް ބޭނުން ކޮށްގެން މާފުށީ ޖަލަށް އެތެރެ ކުރަން އުޅުނު ފޯނުތަކެއް އަތުލައިގެންފައިވާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.

މި މައުލޫމާތު ހިއްސާކޮށް ކުރެއްވި ޓްވީޓުގައި ކޮމިޝަނަރ އަހުމަދު ވިދާޅުވީ ޑްރޯންއެއް ބޭނުން ކޮށްގެން މާފުށީ ޖަލަށް ފޯނު އެތެރެ ކުރަން އުޅުނީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ. އެގޮތުން އަތުލައިގެންފައިވާ ތަކެތީގެ ތެރޭގައި ހަތް މޮބައިލް ފޯނާއި، ހަ ޗާޖަރާއި ވައިފައި ރައުޓަރެއްގެ އިތުރުން ޔޫއެސްބީ ކޭބަލްތަކަކާއި ދެ ސިމް ކާޑު ހިމެނެއެވެ.

ޖަލުތަކަށް ފޯނާއި އަދި އެނޫންވެސް ތަކެތި އެތެރެ ކުރަން ބައެއް ގައިދީން މަސައްކަތް ކުރަމުން ދާއިރު އޮކްޓޫބަރު މަހު ޖަލުތަކުގައި ހިންގި އޮޕަރޭޝަންތަކުގައި މާފުށި ޖަލުން 30 ފޯނާ، މާލެ ޖަލުން ދެ ފޯން އަދި އައްސޭރި ޖަލުން ހަ ފޯނު އަތުލައިގެންފައިވެއެވެ. އަދި ނޮވެމްބަރު މަހު ހިންގާފައިވާ އޮޕަރޭޝަންތަކުން މާފުށި ޖަލުން ހަތް ފޯނާ ފަސް ސިމް ކާޑު، މާލެ ޖަލުން އެއް ފޯނާއި އެއް ސިމްކާޑު އަދި އައްސޭރި ޖަލުން އެއް ފޯނާއި ދެ ސިމްކާޑު އަތުލައިގަނެފައިވެއެވެ.

- ކޮމެންޓް