ކ. މާލެ
|
9 ޑިސެންބަރ 2020 | ބުދަ 08:15
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލިސް
ރާއްޖޭގައި ވެރިކަންކުރާ ފަރާތްތައް ޖަލަށްލުން
ގާނޫނީ އިމުން ބޭރަށް ނުދާ ވެރިން ޖަލަށްލާން ނުޖެހޭނެ - ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް
ވެރިން ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ ދައުލަތުގެ ހަޒާނާއިން ވައްކަން ނުކުރުން - ނިޔާޒް
ވެރިން ރައްޔިތުންނަށް ބޭއިންސާފު ނުވުމާއި އަނިޔާވެރި ނުވަން ދަސްކުރަން ޖެހޭ - ނިޔާޒް
ނިޔާޒް މިހެން ވިދާޅުވީ ވެރިން ޖަލަށްލުން ހުއްޓުވަންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވުމުން

ގާނޫނީ އިމުގެ ތެރެއިން ބޭރަށް ނުދާ ވެރިން ޖަލަށްލާން ނުޖެހޭނެކަމަށް ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ނިޔާޒް މިހެން ވިދާޅުވީ ހޯމަ ދުވަހު އޮތް "އާސްކް ސްޕީކަރ" ޕްރޮގްރާމްގެ ދެވަނަ އެޕިސޯޑުގައި ބެލުންތެރިއެއްގެ ސުވާލަކަށް ޖަވާބުދެއްވަމުން، ވެރިން ޖަލަށްލުން ހުއްޓަން ޖެހޭ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ. އެ ދުވަހު ނަޝީދު ވިދާޅުވީ ރާއްޖޭގެ ވެރިކަން ކުރާ ބޭފުޅުންނާ ދޭތެރޭ ފަހުން ކަންކަން ވެގެންދާ ގޮތާއިމެދު ގިނަ ރައްޔިތުން ކަންބޮޑުވާ ކަމަށާއި، ވެރިން ޖަލަށް ލުމުގެ ސަގާފަތް ހުއްޓުމަކަށް އަންނަން ޖެހޭ ކަމަށެވެ.

ރައީސް ނަޝީދުގެ ވާހަކަތަކާ ގުޅުވާ ނިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި ވެރިން ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ ދައުލަތުގެ ހަޒާނާއިން ވައްކަން ނުކުރުމާއި، ނާޖައިޒު ފައިދާ ލިބިގަތުމާއި ހޯދައިދިނުން ހުއްޓުވުމެވެ. އަދި ވެރިން ރައްޔިތުންނަށް ބޭއިންސާފު ނުވުމާއި އަނިޔާވެރި ނުވާން ދަސްކުރަން ޖެހޭކަމަށް ބަޔާންކޮށް ނިޔާޒްވަނީ، އަދި ގާނޫނީ އިމުގެ ތެރެއިން ބޭރަށް ނުދާން އިލްތިމާސްކޮށްފައެވެ.

ރައީސް ނަޝީދު ވެރިން ޖަލަށްލުމުގެ ސަގާފަތް ހުއްޓުމަކަށް އަންނަން ޖެހޭކަމަށް ވިދާޅުވުމުން ބައެއް ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، ވެރިއެއް ވިޔަސް ކުށެއްކޮށްފިނަމަ ޖަލަށްލާން ޖެހޭކަމަށް އެ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

- ކޮމެންޓް