ކ. މާލެ
|
9 ޑިސެންބަރ 2020 | ބުދަ 08:20
ނޫސްވެރިކަމުގެ އެވޯޑް ހާސިލްކުރި ނޫސްވެރިން
ނޫސްވެރިކަމުގެ އެވޯޑް ހާސިލްކުރި ނޫސްވެރިން
މޯލްޑިވްސް މީޑިއާ ކައުންސިލް
2019 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އެވޯޑް
އެންމެ މޮޅު ވީޑިއޯ ޖާނަލިސްޓަކަށް ޝުރުފާ، އެންމެ އުންމީދީ ނޫސްވެރިޔަކަށް މުޒައްޔިން
މިއަހަރުގެ ނޫސްވެރިކަމުގެ އިނާމަށް 11 ދާއިރާއަށް 80 ފަރާތަކުން ނަން ހުށަހަޅާފައިވޭ
މިހާރު ރައްޖޭގައި މިއޮތީ ވަރަށް މިނިވަން ޖައްވެއްގައި ނޫސްވެރިނަނަށް ވާދަވެރިކަމާއިއެކު ނޫސްވެރިކަން ކުރުމުގެ ފުރުސަތު ހޯދައިދެވިފައި: ރައީސް ސޯލިހް
2014 ވަނަ އަހަރު ގެއްލުނު މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނުގެ ހަނދާނުގައި އޭނާގެ އާއިލާއަށް ހަނދާނީ ފިލައެއް ވަނީ އަރުވައިފައި

މޯލްޑިވްސް މީޑިއާ ކައުންސިލުން ކޮންމެ އަހަރަކު ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމު ހަފްލާގައި އެންމެ މޮޅު ވީޑިއޯ ޖާނަލިސްޓަކަށް ޝުރުފާ މުހައްމަދު، އަދި އެންމެ އުންމީދީ ނޫސްވެރިޔަކަށް މުހައްމަދު މުޒައްޔިނު ނާޒިމް ހޮވިއްޖެއެވެ.

މި އަހަރުގެ ނޫސްވެރިކަމުގެ އިނާމަށް 11 ދާއިރާއަށް 80 ފަރާތަކުން ނަން ހުށަހަޅާފައިވާ ކަމަށް އެމްއެމްސީއިން ބުނެއެވެ. އަދި މި އަހަރުގެ ނޫސްވެރިކަމުގެ އިނާމު 11 ދާއިރާއަކުން 10 ނޫސްވެރިއަކު ހާސިލުކޮށްފައިވެއެވެ.

ނޫސްވެރިކަމުގެ އިނާމު ހާސިލުކުރި ފަރާތްތައް:

  • ތަޙުގީގީ ނޫސްވެރިކަން - މުހައްމަދު މުޒައްޔިން ނާޒިމް / ސަން އޮންލައިން
  • އިޖުތިމާއީ، ތާރީހާއި ސަގާފަތް، ފަންނުވެރިކަން - ޝަފްނާ ހުސެއިން / ސަން އޮންލައިން
  • ސިޔާސީ ދާއިރާ - މުޙައްމަދު ވިޝާމް / އަވަސް އޮންލައިން
  • ޝަރުއީ އަދި ގާނޫނީ ދާއިރާ - މުއިއްޒު އިބްރާހީމް / މިހާރު ނޫސް
  • ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީ - އީމާން އަންވަރު / އަވަސް އޮންލައިން
  • ކުޅިވަރުގެ ދާއިރާ - މުހައްމަދު ހަމްދޫން / މިހާރު ނޫސް
  • ވިޔަފާރި އާއި އިގުތިސޯދުގެ ދާއިރާ - މުހައްމަދު އަފްރާޙް / އަވަސް އޮންލައިން
  • ވިޔަފާރި އާއި އިގުތިސޯދުގެ ބްރޯޑްކާސްޓިން ދާއިރާ - ސިމާހާ ނަސީމް / ރާއްޖެ ޓީވީ
  • ފީޗާ ރިޕޯޓް - މުހައްމަދު ހަމްދޫން / މިހާރު ނޫސް
  • ފީޗާ ރިޕޯޓް ބްރޯޑްކާސްޓިން ދާއިރާ - ޝުރުފާ މުހައްމަދު / ވީޓީވީ
  • ފޮޓޯ ޖާނަލިޒަމް - ނިޝާން އަލީ / މިހާރު ނޫސް
  • ވީޑިއޯ ޖަނަލިޒަމް - ޝުރުފާ މުހައްމަދު / ވީޓީވީ
  • އެންމެ އުއްމީދީ ނޫސްވެރިޔާ - މުހައްމަދު މުޒައްޔިން ނާޒިމް / ސަން އޮންލައިން

މި ހަފްލާގައި މީޑިއާ ކައުންސިލްގެ ފަރާތުންވަނީ، 2014 ވަނަ އަހަރު ގެއްލުނު މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނުގެ ހަނދާނުގައި އޭނާގެ އާއިލާއަށް ހަނދާނީ ފިލައެއް އަރުވާފައެވެ.

- ކޮމެންޓް