ކ. މާލެ
|
9 ޑިސެންބަރ 2020 | ބުދަ 02:39
ކޮވިޑް-19 އަށް ސާމްޕަލް ނަގަނީ
ކޮވިޑް-19 އަށް ސާމްޕަލް ނަގަނީ
ރާއްޖެއެމްވީ
ރާއްޖެ ކޮވިޑް-19 ހާލަތު
އިތުރު 35 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 13،248ށް އަރާފައި
މާލެ އޭރިއާއިން 31 މީހަކު ވަނީ ޕޮޒިޓިވްވެފައި
އެކްޓިވް ކޭސްގެ އަދަދަކީ 707

ރާއްޖެއިން ކޮވިޑް-19 އަށް އިތުރު 35 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕިއޭ) އިން ހާމަކޮށްފައިވާގޮތުން އަންގާރަ ދުވަހު ޕޮޒިޓިވްވި މީހުގެ ތެރޭގައި ހިމެނެނީ މާލެ އޭރިއާއިން ޕޮޒިޓިވްވި 31 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި ތިން މީހެއްގެ އިތުރުން ރިސޯޓަކުން ޕޮޒިޓިވްވި މީހެކެވެ. އެއާއިއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 13،248 އަށް އަރާފައެވެ.

މިހާތަނަށް ވަނީ 259،462 ސާމްޕަލް ޓެސްޓްކޮށްފައިވާއިރު، ފާއިތުވި 24 ގަޑިއިރު ތެރޭގައި 1748 ސާމްޕަލްއެއް ޓެސްޓް ކުރެވިފައިވާކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

އެކްޓިވް ކޭސްގެ ގޮތުގައި 707 ކޭސްއެއް ރިޕޯޓްކޮށްފައިވާއިރު، މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދަކީ 12،487 އެވެ. އަދި ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ މީހުންގެ އަދަދުވަނީ 67 އަށް ތިރިވެފައެވެ. މިހާތަނަށް ރާއްޖެއިން މި ވައިރަސް ޖެހިގެން މަރުވީ މީހުންގެ އަދަދަކީ 47 އެވެ.

- ކޮމެންޓް