ކ. މާލެ
|
8 ޑިސެންބަރ 2020 | އަންގާރަ 01:14
ހުޅުމާލޭ - ހުޅުމާލެއަކީ ގެސްޓް ހައުސްތައް ގިނަ ރަށެށް
ހުޅުމާލޭ - ހުޅުމާލެއަކީ ގެސްޓް ހައުސްތައް ގިނަ ރަށެށް
މާލެ ސަރަހައްދުގެ ގެސްޓު ހައުސްތައް ހުޅުވާލުން
ޑިސެމްބަރު 14 އިން ފެށިގެން މާލެ ސަރަހައްދުގެ ގެސްޓް ހައުސްތައް ހުޅުވާލަނީ
މިއީ ދިވެހިރާއްޖޭގެ ބޯޑަރު ބަންދުކުރި ފަހުން މާލޭ ސަރަހައްދުގެ ގެސްޓް ހައުސްތައް ހުޅުވާލާ ފުރަތަމަ ފަހަރު
ގެސްޓް ހައުސްތަކަށް އަންނަ ޓޫރިސްޓުން ފުރުމުގެ 72 ގަޑިއިރު ކުރިން ކޮވިޑް-19 އަށް ޕީސީއާރް ޓެސްޓެއް ހަދަން ޖެހޭނެ
ރާއްޖޭގެ ފަތުރުވެރިކަން އަންނަނީ ބާރު ސްޕީޑެއްގައި ކުރިއަރަމުން

ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ ގެސްޓް ހައުސްތައް ހުޅުވަން ނިންމާފައިވާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެރޭ ފަތުރުވެރިކަމާއި ބެހޭ ވަޒީރު މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭ ސަރަހައްދުގެ ގެސްޓް ހައުސްތައް ހުޅުވުމަށް ހުއްދަ ދިނުމަށް ނިންމާފައިވާކަމަށެވެ. ގެސްޓް ހައުސްތަކަށް އަންނަ ޓޫރިސްޓުން ފުރުމުގެ 72 ގަޑިއިރު ކުރިން ކޮވިޑް-19 އަށް ޕީސީއާރް ޓެސްޓެއް ހަދަން ޖެހޭނެ އެވެ.

ރާއްޖޭގެ ބޯޑަރު ތިން މަސް ދުވަހަށް ވުރެ ގިނަ ދުވަހު ބަންދުކޮށްފައި އޮތުމަށްފަހު، ޖުލައި 15 ވަނަ ދުވަހު އަލުން ބޯޑަރު ހުޅުވާލައި އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު ގެސްޓް ހައުސްތައް ހުޅުވުމުގެ ހުއްދަ ދީފައިވާއިރު، މި ހުއްދަ ސަރުކާރުން ދީފައިވައި ވަނީ އެކަމަށްޓަކައި ހާއްސަ ގައިޑްލައިނެއް އެކުލަވާލުމަށްފަހުއެވެ. މި ގައިޑްލައިން ގައި ރަށްރަށަށް ގޮސް އުޅޭ ފަތުރުވެރިންނާއި އެ ރަށް ރަށުގެ އާންމު ރައްޔިތުން އަމަލުކުރަން ޖެހޭ ހާއްސަ އުސޫލެއް ހިމަނާފައިވާއިރު، ފަތުރުވެރިންނަށް މީހުން ދިރިއުޅޭ ގެތަކަށް ދިއުން މަނާ ވާނެއެވެ. އަދި ރައްޔިތުން ގޮސް އުޅޭ ކެފޭ ރެސްޓޯރެންޓް ތަކުން ހިދުމަތް ހޯދަން ބޭނުންވާ ފަތުރުވެރިންނަށް ހިދުމަތް ދޭނެ ވަކި އިންތިޒާމުތަކެއް ހަމަޖައްސަން ޖެހެއެވެ.

މީގެ އިތުރުން ފަތުރުވެރިންގެ ކިބައިން ކޮވިޑްގެ އަލާމަތްތައް ފެނިއްޖެ ނަމަ އައިސޮލޭޓް ވެވޭނެ އިންތިޒާމް އާއި އެ ފަތުރުވެރިންނަށް ހިދުމަތްދޭ ސްޓާފުންނަށް އައިސޮލޭޓް ވެވޭނެ އިންތިޒާމްތައް ހަމަޖެހިފައި ހުންނަން ޖެހޭނެއެވެ.

މިއީ ދިވެހިރާއްޖޭގެ ބޯޑަރު ބަންދުކުރި ފަހުން މާލޭ ސަރަހައްދުގެ ގެސްޓް ހައުސްތައް ހުޅުވާލި ފުރަތަމަ ފަހަރެވެ.

- ކޮމެންޓް